އެމްޑަބްލިޔުއެސްސީގެ އައު ހޮޓްލައިން ނަންބަރަކީ 1575
21 އޯގަސްޓު 2026 - 11:17

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ އައު ހޮޓްލައިން ނަންބަރު ތައާރަފް ކޮށްފިއެވެ.
އެކުންފުނިން ބުނީ، ކަސްޓަމާ ކެއާ ހިދުމަތް އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ގޮތުން 1575 އައު ކަސްޓަމަ ކެއަ ހޮޓްލައިން ނަންބަރުގެ ގޮތުގައި ތައާރަފް ކޮށް 105އެ ކުންފުނީގެ އެމަޖެންސީ ހޮޓްލައިންގެ ގޮތުގައި ކަނޑައަޅާފައިވާނެ ކަަމަށެވެ.

Ad by Hajj Corporation
އަދި 1575 ހޮޓްލައިން ނަންބަރު ފަސޭހަ ކަމާއި އެކު ދެނެގަތުމުގެ ގޮތުން އެ ކުންފުނިން ކަސްޓަމަރުންނަށް ކުރާ ފޯންކޯލްތައް ލިބޭއިރު، ފޯންގެ ސްކްރީނުން 1575 ނަންބަރު ފެންނަން ހުންނާނެއެވެ. މީގެ އިތުރުން 105 އެމަޖެންސީ ހޮޓްލައިން ހިދުމަތް 24 ގަޑިއުރު މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ހޮޓްލައިންގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެ ކުންފުނިން އިތުރަށް ބުނީ، އެ ކުންފުނިން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތް ފުޅާކޯށް، ކަސްޓަމަރުންނަށް ވީހާވެސް ގާތުން ލުއިފަސޭހަ ކަމާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއްއަމާޒު ކަމަށެވެ. އަދި ކުންފުނީގެ ހިދުމަތްތަކާއި ގުޅުންހުރި އިތުރު މައުލޫމާތާއި އެހީތެރިކަން ކުންފުނީގެ ކަސްޓަމަ ކެއާ ނަމްބަރު 1575 އިން ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

-01.jpg&w=3840&q=75)
