logo
MPL

MPL

ޚަބަރު

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާގެ މަސައްކަތް ފަށައިފި

އަޙުމަދު ރިޝާން
17 އޮކްޓޯބަރު 2026 - 13:14
މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާގެ މަސައްކަތް ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާގެ މަސައްކަތް އެމްޑަބްލިއުއެސްސީއިން ރަސްމީކޮށް ފަށައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ނޯވޭގެ "ފްލޯޝަން" ކުންފުނިންނެވެ. މިހާރު ކުރިއަށްދަނީ މި މަސައްކަތް ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެތޯ ބެލުމަށް ސައިޓުގައި ކުރިއަށްގެންދާ އަމަލީ ދިރާސާތަކާއި ފެން ތަހުލީލުކުރުމުގެ މަސައްކަތްތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަހުލީލުގެ ބައެއްގެ ގޮތުން ފްލޯޝަންގެ ފަންނީ ޓީމުން ވަނީ ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ތަހުލީލު ކުރުމަށް ނަގާފައެވެ. ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކަނޑުގެ އަޑިން ނަގާފައިވާ މި ފެނަކީ އާދަޔާ ހިލާފަށް ސާފު ފެނެކެވެ. ލެބޯޓްރީ ތަހުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ގުދުރަތީ ފެނުގެ މަންސަތަކުގެ ތެރޭގައި ހިމެނޭނެ ފެނެއްކަމަށް އެމްޑަބްލިއުއެސްސީއިން ވަނީ ބުނެފަ އެވެ.

މިހާތަނަށް ކުރި ދިރާސާތަކުން ދައްކާ ގޮތުން މިގޮތަށް ފެންނެގުމުގެ ނިޒާމެއް ގައީމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ފެނިފައި ވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ.

ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީއީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ނިޒާމަކަށް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު ސާޅީހާއި ފަންސާސް އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކޮށް، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިއުއެސްސީއިން ވަޒަންކުރާނެއެވެ. މިމަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ އުމްރާނީ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށް ގެންގުޅޭ ތަސައްވުރަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ. އަދި މިއީ 2040 ވަނަ އަހަރަށް ތަރައްގީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއްކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންއެމްޑަބްލިޔުއެސްސީގެ އައު ހޮޓްލައިން ނަންބަރަކީ 1575ޚަބަރު | 2 މަސް ކުރިންފެން ބިލު ނުދެއްކި ގިނަދުވަސްވުމުން އަރާފައިވާ ޖޫރިމަނާ މައާފުކޮށްދެނީޚަބަރު | އަހަރެއް ކުރިންއައިބީއެމް ލޭބާ އެކޮމޮޑޭޝަން އެއްބަސްވުން ބާތިލްކުރަން އަންގައިފިޚަބަރު | 2 އަހަރު ކުރިން