logo
MPL

MPL

ޚަބަރު

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު 1.3 ބިލިޔަން ރުފިޔާ ޖަމާ ކޮށްފި

އަޙުމަދު ރިޝާން
22 އޯގަސްޓު 2026 - 07:12
މިނިސްޓްރީ އޮފް ފިނޭންސް ހިންގާ އިމާރާތް
މިނިސްޓްރީ އޮފް ފިނޭންސް ހިންގާ އިމާރާތް

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ދުރާލައި ތައްޔާރުވުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު އިތުރު ވެއްޖެ އެވެ.

މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އެ ފަންޑަށް ޖުމްލަ 1.38 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެއް ކަމުގައިވީނަމަވެސް، މިއަހަރުގެ ބަޖެޓުގައި އެ ފަންޑަށް ޖަމާކުރުމަށް ކަނޑައަޅާފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. ސަރުކާރުން ވަނީ މި ފަންޑު ބޭނުންކޮށްގެން މި އަހަރުވެސް ދައުލަތުގެ ދަރަނީގެ ބޮޑު ބަޔަކާއި ސުކޫކު ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޑީއެފްއަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންދޭ ޚިދުމަތްތަކުގެ އަގަށް ގެނައި ބަދަލުތަކުން އިތުރުވާ ފައިސާއިންނެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ނިޔަލަށް މި ފަންޑުގައި ބޭރު ފައިސާގެ ގޮތުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ހުއްޓެވެ. ނަމަވެސް 2019 ވަނަ އަހަރު ވީ އެއްބަސްވުމެއްގެ ދަށުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ފަންޑުގައި ހުރި ގިނަ ފައިސާ ވަނީ ދިވެހި ރުފިޔާއަށް ބަދަލުކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރު، ފަންޑުގައި ބޭރު ފައިސާގެ ގޮތުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރެވެ. އެ ސަބަބާހުރެ، ސަރުކާރުން ވަނީ ފަންޑަށް ޖަމާކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު 1.3 ބިލިޔަން ރުފިޔާ ޖަމާ ކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކުންފުނިތައް ''ރައިޓް ސައިޒް'' ކުރުން: ދައުލަތުގެ މާލީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅެއްރިޕޯޓް | 21 ގަޑިއިރު ކުރިންއޭޑީބީން އެނާޖީ ސެކިއުރިޓީއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 6 ދުވަސް ކުރިންއާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް އަރައި 9.3 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 10 ދުވަސް ކުރިން