logo
MPL

MPL

ޚަބަރު

މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅާލުމުގެ މަސައްކަތް ފަށައިފި

އަޙުމަދު ރިޝާން
22 އޯގަސްޓު 2026 - 08:01
މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅާލުމުގެ މަސައްކަތް ފަށައިފި

މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫއު ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ދަށުން، މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅާލުމުގެ މަސަކައްކަތް މިއަދު ހެނދުނު 11:00 ގައި ފަށައިފި އެވެ.

 މި މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓް ގުޅާލާފައިވާއިރު، ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް ވަނީ މުޅިން ފުރިހަމަވެފައެވެ. މައި އޮނިގަނޑުގެ މަސައްކަތް ނިމުމާއެކު، ދެން ކުރިއަށްދާނީ ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި ލައިޓް ހަރުކުރުން ފަދަ ފިނިޝިންގ މަސައްކަތްތަކެވެ. ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިންގ މަސައްކަތްތައް މުޅިން ނިމުމުންކަމަށް އެފްކޮންސްއިން މަޢުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި ބުރިޖުގެ މަސައްކަތަކީ ގްރޭޓަރ މާލެ ސަރަޙައްދާއި މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު މުހިންމުކަމެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހައިވޭތަކަކުން ގުޅާލާނެއެވެ. މިހާރު ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުރެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ރުފިޔާ) ޚަރަދުވެއެވެ. މިއީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ޚަރަދުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖުގެ މަސައްކަތް މުޅިން ނިންމާލުމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅާލުމުގެ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: ރައީސްޚަބަރު | 4 މަސް ކުރިންތިލަމާލެ ބްރިޖްގެ 71 އިންސައްތަ މަސައްކަތް ނިމިފައި!ޚަބަރު | 4 މަސް ކުރިންތިލަމާލެ ބްރިޖް މަޝްރޫޢުގެ ޕައިލިންގ މަސައްކަތް ނިންމާލައިފިޚަބަރު | އަހަރެއް ކުރިން