logo
MPL

MPL

ޚަބަރު

ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތަކުގައި މައްސަލަ ހުރިނަމަ، ރަނގަޅުކުރަން 7 ދުވަހުގެ މުހުލަތެއް ދެނީ

އަޙުމަދު ރިޝާން
22 އޯގަސްޓު 2026 - 09:41
ގުޅީ ފަޅުން ގޯތި ލިބުނު ބަޔަކާއި ގޯތި ހަވާލުކުރަނީ، ފޮޓޯ: ހައުންސިން މިނިސްޓްރީ
ގުޅީ ފަޅުން ގޯތި ލިބުނު ބަޔަކާއި ގޯތި ހަވާލުކުރަނީ، ފޮޓޯ: ހައުންސިން މިނިސްޓްރީ

 

ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ހިމެނޭ މައުލޫމާތު ސައްހަ ނޫންކަމަށް ފާހަގަވާ ފަރާތްތަކަށް އެކަން އެންގުމަށްފަހު، ފޯމު އަލުން ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ހުށަހަޅާފައިވާ މަޢުލޫމާތާއި ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން ލިބިފައިވާ މަޢުލޫމާތާ ދިމާނުވެ ފުށުއެރުމެއް ހުރިނަމަ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެކަން އަންގާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ފޯމު ހުށަހެޅިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށްވެސް މި ބަދަލުތައް އަންގަމުންދާނެ އެވެ.

ޕޯޓަލް މެދުވެރިކޮށް އަންގާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ލިބޭނީ ހަތް ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ޖަވާބު ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފަ އެވެ. މިނިސްޓްރީން ބުނީ މި މަރުހަލާގައި ޖަވާބު ހުށަހަޅަންވާނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތްތަކުން ފޮނުވާ ޖަވާބުތައް ބަލައިނުގަންނާނެ ކަމަށެވެ.

މުއްދަތު ހަމަވިއިރު ފްލެޓަށް އެދި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތަކުގައި މައްސަލަ ހުރިނަމަ، ރަނގަޅުކުރަން 7 ދުވަހުގެ މުހުލަތެއް ދެނީޚަބަރު | ގަޑިއިރެއް ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ފައްސަތޭކަ އަށް ވުރެ ގިނަ ބިން ހަވާލު ކޮށްފިޚަބަރު | 11 ދުވަސް ކުރިންތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''ރިޕޯޓް | މަހެއް ކުރިންގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފިޚަބަރު | 2 މަސް ކުރިން