logo
MPL

MPL

ޚަބަރު

އަމިއްލަ ބޭނުންމަށް ދުންފަތް އެތެރެ ކުރުމަށް، ޑިއުޓީ އަށް ލުއިތަކެއް ދީފި

އަޙުމަދު ރިޝާން
24 އޯގަސްޓު 2026 - 11:36
އަމިއްލަ ބޭނުންމަށް ދުންފަތް އެތެރެ ކުރުމަށް، ޑިއުޓީ އަށް ލުއިތަކެއް ދީފި

 

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް ވެސް އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ޑިއުޓީ ނުދައްކާ ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިން އޮތްގޮތުން އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ވަކި މިންވަރަކަށް ޑިއުޓީ ނުދައްކާ އެތެރެ ކުރެވެނީ ހަމައެކަނި އުމުރުން 18 އަހަރު ފުރިފައިވާ ޓޫރިސްޓުންނަށެވެ.ރައީސް އޮފީހުން މި އުސޫލަށް ގެނައި އާ އިސްލާހާއެކު، ދިވެހިން ވެސް ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން އުމުރުން 21 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ގެނައުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފަ އެވެ.

މި އުސޫލުގެ ދަށުން ޑިއުޓީ ނުދައްކާ އެތެރެ ކުރެވޭނީ ގިނަވެގެން 200 ސިނގިރޭޓާއި، ގިނަވެގެން 20 ސުއްޓާގެ އިތުރުން ދުންފަތުގެ އެ ނޫން ބާވަތެއް ނަމަ ގިނަވެގެން 100 ގްރާމެވެ. މީގެތެރެއިން ދުންފަތް އޮޅުމަށް ބޭނުންކުރާ ތަކެތި ވެސް ވަކި މިންވަރަކަށް ވުރެ އިތުރުނުވާ ގޮތަށް މި އުސޫލުން ޑިއުޓީ ނުދައްކާ ގެނެވިދާނެ އެވެ.

ނަމަވެސް، 2007 ވަނަ އަހަރު އުފަންވެފައިވާ އެއްވެސް މީހަކަށް މި އުސޫލުގެ ދަށުން ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގައި އެއްވެސް ލުޔެއް ނުލިބޭނެ އެވެ. އަދި ޝީޝާ، އީ-ސިނގިރެޓް، އީ-ލިކުއިޑް، އަދި ފްލޭވަރޑް ސިނގިރޭޓް ފަދަ ތަކެތި މި އުސޫލުގެ ދަށުން ޑިއުޓީ ނުދައްކާ އެއްގޮތަކަށްވެސް ނުގެނެވޭނެ އެވެ.

ސަރުކާރުން ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ އިރު، ރާއްޖެއަކީ ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމެވެ. އަދި މިހާރު ރާއްޖޭގައި ވޭޕް ފަދަ ތަކެތި ވެސް ވަނީ މުޅިން މަނާކޮށްފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމިއްލަ ބޭނުންމަށް ދުންފަތް އެތެރެ ކުރުމަށް، ޑިއުޓީ އަށް ލުއިތަކެއް ދީފިޚަބަރު | ގަޑިއިރެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފިޚަބަރު | 24 ދުވަސް ކުރިންދައުލަތުގެ މަތީ ދަރަޖަ ، އިބްރާހީމް ރަޝީދު މޫސާ، ޑރ. ލަޠީފް، އަފީފް އަދި އުއްޗުއަށް އަރުވައިފިޚަބަރު | މަހެއް ކުރިންމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް އާދިއްތަ ދުވަހު ހުޅުވާލަނީޚަބަރު | 2 މަސް ކުރިން