logo
MPL

MPL

ޚަބަރު

މަތީ މަޖިލިސްވެގެން ދާނީ އިދިކޮޅު ފިކުރުގެ ފަރާތްތައް ވެސް އެ މަޖިލީހަކުން ފެނިގެންދާނެ އެންމެ ޑިމޮކްރެޓިކް ހަރަކާތަށް: ލަމްއާން

އަޙުމަދު ރިޝާން
25 އޯގަސްޓު 2026 - 04:23
މަތީ މަޖިލިސްވެގެން ދާނީ އިދިކޮޅު ފިކުރުގެ ފަރާތްތައް ވެސް އެ މަޖިލީހަކުން ފެނިގެންދާނެ އެންމެ ޑިމޮކްރެޓިކް ހަރަކާތަށް: ލަމްއާން

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މަތީ މަޖިލިސްވެގެންދާނީ ބޭރުގެ ފަރާތްތަކާ އިދިކޮޅު ފިކުރުގެ ފަރާތްތަކަށް ވެސް ދައުވަތިދީ، އެންމެ ޑިމޮކްރެޓިކް ހަރަކާތުގެ ގޮތުގައި ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް މުހައްމަދު ލަމްއާން ސިފަ ކުރައްވައިފި އެވެ.

އެމްއެމްޓީވީގެ ކޮންގެރެސް ފޯރީގައި ވާހަކަ ދައްކަވަމުން ލަމްއާން ވިދާޅުވީ ކޮންގްރެސް ވެގެންދާނީ ޕީއެންސީގެ ތަސައްވަރަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ފެނިގެންދާނެ މަތީ މަޖިލީހެއްގެ ގޮތުގައި ކަމަށެވެ. އަދި ފިކުރު ތަފާތު ފަރާތްތަކަށް މަތީ މަޖިލީހުން އިތުރު އެއްޗެއް ދަސްވެގެންދާނެ ކަމަށް ވެސް ލަމްއާން ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަމްއާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިކުރުކީ އަމާންކަމާއި ހަމަޖެހުން ކަމަށެވެ. އަދި މަތީ މަޖީލީހުގައި ބައިވެރިވާ ފަރާތްތަކުން ވެސް ގެންގުޅުވާނީ އެފިކުރު ކަމަށް އެނާ ވިދާޅުވި އެވެ. ހިޔާލު ތަފާތުވުންތައް ކަންކަމުގައި އުފެދުނު ނަމަވެސް ނިންމުންތައް ނިންމުގައި މެޖޯރިޓީ އަށް ތަބާވާނެ ކަމަށް ވެސް ލަމްއާން ވިދާޅުވި އެވެ.

ޕީއެންސީގެ ކޮންގްރޭސް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ ނިޔަލަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަތީ މަޖިލިސްވެގެން ދާނީ އިދިކޮޅު ފިކުރުގެ ފަރާތްތައް ވެސް އެ މަޖިލީހަކުން ފެނިގެންދާނެ އެންމެ ޑިމޮކްރެޓިކް ހަރަކާތަށް: ލަމްއާންޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | 19 ދުވަސް ކުރިންތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭޚަބަރު | 19 ދުވަސް ކުރިންޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީޚަބަރު | 23 ދުވަސް ކުރިން