logo
MPL

MPL

ޚަބަރު

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ 85 މިލިޔަނަށް

އަޙުމަދު ރިޝާން
25 އޯގަސްޓު 2026 - 05:59
އެމްޓީސީސީ ޓަވަރު
އެމްޓީސީސީ ޓަވަރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 85 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަހަރާ އަޅާބަލާއިރު ޓެކްސް އަށް އުނިކުރުމަށްފަހު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ 88 އިންސައްތަ ވަނީ އިތުރުވެފަ އެވެ. މިއީ ކުންފުނީގެ މާލީ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ހާމަކޮށްދޭކަމެއް ކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދައިން މާލީ ނަތީޖާއަށް ކުރިއެރުމެއް އައުމުގެ މައިގަނޑު ސަބަބުތަކަކީ ކުންފުނި ހިންގުމުގެ ޚަރަދުތައް ކުޑަވުމާއި، ކުރީ އަހަރުގެ މަޝްރޫއު ގުޅިގެން ހިނގި ބޮޑެތި ހަރަދުތައް މިދިޔަ އަހަރު ހިނގާފައި ނުވުން ކަމަށް މި ވަނީ ފަހާގަކޮށްފަ އެވެ. މީގެ އިތުރުން، އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ މަސައްކަތްތަކަށާއި އާންމު ދަތުރުފަތުރުގެ ހިދުމަތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދީފައިވާ ބަދަލާއި ސަބްސިޑީތަކަކީވެސް މި ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރި ކަންކަން ކަމަށް އެމްޓީސީސީން ފާހަގަކުރެ އެވެ.

ކުންފުނީގެ މާލީ ހިސާބުތައް ދައއްކާ ގޮތުން މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި އެމްޓީސީސީއަށް 2,134 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތްކުރުމާއި ފަޅު ފުންކުރުމުގެ ދާއިރާއިން ކަމަށްވާ އިރު، އެ ދާއިރާއިން 1,722 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވެ އެވެ. އަދި ވިޔަފާރި ދާއިރާއިން 244 މިލިޔަން ރުފިޔާ، އަދި ދަތުރުފަތުރުގެ ދާއިރާއިން 150 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. ރިއަލް އެސްޓޭޓް ދާއިރާ އަދިވެސް އޮތީ މަޝްރޫއުތައް ނުފެށި ކަމުން އެ ދާއިރާއިން އާމްދަނީއެއް މިދިޔަ ދެ އަހަރު ވެސް ލިބިފައެއް ނުވެ އެވެ.

އާމްދަނީއަށް ކުޑަ ބަދަލެއް އައި ނަމަވެސް، އެމްޓީސީސީގެ ހިންގުމުގެ ފައިދާ ވަނީ 179 މިލިޔަން ރުފިޔާއަށް އަރާފަ އެވެ. މިއީ ކުރީ އަހަރުގެ 166 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. ސަރުކާރުގެ އެހީތެރިކަމާއެކު މާލީ ދަތިތައް ކުޑަކުރެވި، ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނީގެ ހިންގުން މެދުނުކެނޑި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ 85 މިލިޔަނަށްޚަބަރު | ގަޑިއިރެއް ކުރިންއެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފިޚަބަރު | 5 ދުވަސް ކުރިންޓެކްސީ ލައިން އެޕްގެ މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ޕޮލިހަށްޚަބަރު | 8 ދުވަސް ކުރިންފަރެސްމާތޮޑާ ދެއަވަށުގެ ދެމެދުގައި ނުހިއްކައި އޮތް ސަރަޙައްދު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 8 ދުވަސް ކުރިން