logo
MPL

MPL

ކުޅިވަރު

4 ލަނޑުގެ ލީޑެއް އޮއްވައި ފަހަތުން އަރައި ސެލްޓިކް ކަޓުވާލައި ލާސްކް ޗެންޕިއަންސް ލީގަށް

އަބްދުﷲ ޣާނިމް
26 އޯގަސްޓު 2026 - 09:38
4 ލަނޑުގެ ލީޑެއް އޮއްވައި ފަހަތުން އަރައި ސެލްޓިކް ކަޓުވާލައި ލާސްކް ޗެންޕިއަންސް ލީގަށް

ފުރަތަމަ ލެގުގައި 3 ގޯލުގެ ލީދަކާއެކު ދެވަނަ ލެގަށް އައިސް އިތުރު ގޯލެއް ޖަހައި ޖުމްލަ 4 ގޯލުގެ ލީޑެއް އޮއްވައި، ޗެމްޕިއަންސް ލީގުގެ ކޮލިފައިން ދެވަނަ ލެގުގައި ސެލްޓިކްގެ މައްޗަށް 5-1 އިން ކުރިހޯދައި، އެގްރިގޭޓް 5-4 ގެ ނަތީޖާއަކުން އޮސްޓްރިއާގެ ލާސްކް (LASK) މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ. ރައިފެއިސެން އެރީނާގައި ކުޅުނު މި މެޗަށް ލާސްކް ނުކުތީ ފުރަތަމަ ލެގުގައި 3-0 އިން ބަލިވެފައި އޮވެގެންނެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ކެލަމް މެކްގްރެގޯ ލަނޑު ޖަހައި ސެލްޓިކަށް ލީޑު ފުޅާކޮށްދީފައި ވަނިކޮށް، ލާސްކުން ވަނީ ފަހަތުން އަރައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 32 ވަނަ މިނެޓުގައި މޯސެސް އުސޯ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއިރު، ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ރޮބަޓް ލުބިސިޗް ވަނީ ލާސްކަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ އެއްގަޑިއިރު ހަމަވާން ކައިރިވެފައި ވަނިކޮށް ސެމުއަލް އަދެނިރަން ޖެހި މޮޅު ލަނޑާއެކު އެގްރިގޭޓް ފަރަގު ކުޑަވިއެވެ. މެޗުގެ 90 ވަނަ މިނެޓުގައި ފްލޯރިއަން ފްލެކާ ބޮލުން ޖެހި ލަނޑު ވީއޭއާރުން ބެލުމަށްފަހު ބަލައިގަތުމާއެކު މެޗު އިތުރު ވަގުތަށް ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ނަތީޖާ އެނބުރިގެން ދިޔައީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި އަދެނިރަން ޖެހި ގޯލުންނެވެ. އޭގެ ހަ މިނެޓު ފަހުން އަދެނިރަން ފޮނުވާލި ޕެނަލްޓީ ސެލްޓިކްގެ ކީޕަރު ވިލްޔާމީ ސިނިސާލޯ ދިފާއުކުރި ނަމަވެސް، ލާސްކުން ވަނީ މެޗު ކާމިޔާބުކޮށް ތާރީޚީ މޮޅެއް ހޯދާފައެވެ. މިއީ ސެލްޓިކް ޖެހިޖެހިގެން ދެވަނަ އަހަރު ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެ ޔޫރޮޕާ ލީގަށް ވެއްޓުނު ފަހަރެވެ.

މި ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ހަޕޮއެލް ބިއާ ޝެވާގެ މައްޗަށް 6-4 ގެ އެގްރިގޭޓުން ކުރިހޯދައި ސަބާހް ވެސް ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ. އަދި ބޯޑޯ/ގްލިމްޓް ވަނީ އެންއީސީގެ މައްޗަށް 6-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައި މުބާރާތުގެ ޖާގަ ކަށަވަރުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުފެދުނުތާ ނުވަ އަހަރު ތެރޭ ސަބާހް އެފްކޭ އިސްރާއީލުގެ ހަޕޮއެލް ބަލިކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެ ތާރީޚުގެ ތެރެއަށްކުޅިވަރު | ގަޑިއިރެއް ކުރިން4 ލަނޑުގެ ލީޑެއް އޮއްވައި ފަހަތުން އަރައި ސެލްޓިކް ކަޓުވާލައި ލާސްކް ޗެންޕިއަންސް ލީގަށްކުޅިވަރު | ގަޑިއިރެއް ކުރިންދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 3 މަސް ކުރިންޔުނައިޓެޑްގެ ރިޖެކްޓް ރަޝްފޯޑުގެ ދެލަނޑާއެކު ބާސެލޯނާ ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | އަހަރެއް ކުރިން