logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަންސް ލީގު ނުލިބި އެތަކެއް ޒަމާންތަކެއް ވެފައިވާ ބާސެލޯނާގެ ދަނޑުގައި ޗެންޕިއަންސް ލީގުގެ ފައިނަލް ބާއްވަނީ

އަބްދުﷲ ޣާނިމް
16 ސެޕްޓެމްބަރު 2026 - 05:01
ޗެންޕިއަންސް ލީގު ނުލިބި އެތަކެއް ޒަމާންތަކެއް ވެފައިވާ ބާސެލޯނާގެ ދަނޑުގައި ޗެންޕިއަންސް ލީގުގެ ފައިނަލް ބާއްވަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ 2029 ވަނަ އަހަރުގެ ފައިނަލް މެޗު، ވޭތުވެދިޔަ 11 އަހަރުވެސް މިމުބާރާތް ކާމިޔާބު ކުރެވިފައި ނުވާ އެފްސީ ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅޭ ގޮތަށް ޔުއެފާއިން ރަސްމީކޮށް ހަމަޖައްސައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ތެސަލޮނީކީގައި ބޭއްވުނު ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ. މި މެޗު ބޭއްވުމަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުން ވެސް ބިޑް ހުށަހަޅާފައިވަނިކޮށް، ޔުއެފާއިން ފުރުސަތު ދިނީ ބާސެލޯނާއަށެވެ.

މެޗު ކުޅޭނީ 2029 ވަނަ އަހަރުގެ ޖޫން 2 ގައި

Ad by Hajj Corporation

Ad by Hajj Corporation

ޔޫރަޕުގެ ކްލަބް ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. ބާސެލޯނާގެ ބިޑް ހުށަހަޅާފައިވަނީ އެ ކްލަބާއި، ބާސެލޯނާ ސިޓީ ކައުންސިލް، ޖެނެރަލިޓާޓް ޑި ކެޓަލޫނިއާ، ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން އަދި ސްޕެއިން ސަރުކާރު ގުޅިގެންނެވެ.

105،000 ސަޕޯޓަރުންގެ ޖާގައިގެ ޒަމާނީ ސްޓޭޑިއަމެއް

މި މެޗު ކުޅޭއިރު ކޭމްޕް ނޯ އަލުން ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު އެއްކޮށް ނިމި، ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ސްޓޭޑިއަމަށް އެތަން ވެގެންދާނެއެވެ. އާ ސްޓޭޑިއަމްގައި 105،000 މީހުންގެ ޖާގަ ހުންނައިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 10،000 ވީއައިޕީ ސީޓް ހިމެނެއެވެ. މަސައްކަތްތަކަށް ބޮޑު ލަސްކަމެއް ނާންނަނަމަ، މި ސީޒަން ނިމުމުގެ ކުރިން ސްޓޭޑިއަމްގެ ތިންވަނަ ޓިއާގެ މަސައްކަތް ނިމޭނެއެވެ. އަދި ފުރާޅުގެ މަސައްކަތަށް ގާތްގަނޑަކަށް ހަތަރު މަސް ބައި ހޭދަވާނެ ކަމަށް ބެލެވޭއިރު، މުޅި މަޝްރޫއު 2028 ވަނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެއެވެ.

ކޭމްޕް ނޯ ގައި ކުޅޭ ތިންވަނަ ފައިނަލް

މިއީ ކޭމްޕް ނޯ ގައި ޔޫރަޕިއަން ކަޕް ނުވަތަ ޗެމްޕިއަންސް ލީގުގެ ފައިނަލެއް ކުޅޭނެ ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް 1989 ވަނަ އަހަރު ކުޅުނު ފައިނަލުގައި އޭސީ މިލާނުން ވަނީ ސްޓެއުއާ ބުކަރެސްޓް 4-0 އިން ބަލިކޮށްފައެވެ. އޭގެ ދިހަ އަހަރު ފަހުން، 1999 ވަނަ އަހަރު ކުޅުނު ފޯރިގަދަ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އިތުރު ވަގުތުގެ ތެރޭގައި ދެ ލަނޑު ޖަހައި ބަޔާން މިއުނިކް ބަލިކޮށް ތަށި އުފުލާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގު ނުލިބި އެތަކެއް ޒަމާންތަކެއް ވެފައިވާ ބާސެލޯނާގެ ދަނޑުގައި ޗެންޕިއަންސް ލީގުގެ ފައިނަލް ބާއްވަނީކުޅިވަރު | ގަޑިއިރެއް ކުރިންބާސެލޯނާއިން ފަސްލަނޑު ޖެހުމުގެ ސިލްސިލާ ކުރިޔަށް، މިފަހަރު ޗެންޕިއަންސް ލީގުގައި ފޭނޫޑްއާއި ދެކޮޅަށްކުޅިވަރު | 6 ދުވަސް ކުރިންޔަމާޅްގެ މޮޅުކުޅުމާއެކު ޗެންޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގައި އުދުހެނީކުޅިވަރު | 9 ދުވަސް ކުރިންފައިސާގެ މައްސަލަތައް ކުރިމަތިވެފައިވާ ބާސާގެ ދަނޑުގައި މުނިފޫހި ފިލުޥާނެ ޕާކެއް ހަދަނީކުޅިވަރު | 11 ދުވަސް ކުރިން