logo
MPL

MPL

ކުޅިވަރު

އުފެދުނުތާ ނުވަ އަހަރު ތެރޭ ސަބާހް އެފްކޭ އިސްރާއީލުގެ ހަޕޮއެލް ބަލިކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެ ތާރީޚުގެ ތެރެއަށް

އަބްދުﷲ ޣާނިމް
26 އޯގަސްޓު 2026 - 09:48
އުފެދުނުތާ ނުވަ އަހަރު ތެރޭ ސަބާހް އެފްކޭ އިސްރާއީލުގެ ހަޕޮއެލް ބަލިކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެ ތާރީޚުގެ ތެރެއަށް

އަޒަރުބައިޖާންގެ ކްލަބެއް ކަމަށްވާ ސަބާހް އެފްކޭ އުފެދުނުތާ އެންމެ ނުވަ އަހަރުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްއިން ފުރުސަތު ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. އެ ޓީމު މި މުބާރާތަށް ކޮލިފައިވީ އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އިސްރާއީލުގެ ހަޕޮއެލް ބިއާ ޝެވާގެ މައްޗަށް އެގްރިގޭޓުން 6-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ދެވަނަ ލެގުގެ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޓެލޫރް މުތައްލިމޯވް ކާމިޔާބުކުރި ހިތްގައިމު ވޮލީ ލަނޑާއެކު ސަބާހް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށް އިތުރު ވަގުތުގެ ދެ ހާފަށް ކުޅުން ގެންގޮސްފައެވެ. އޭގެ ފަހުން އޯފޭ އެމްބީނާ އަދި ޖޯއި-ލާންސް މިކެލްސް ޖެހި ލަނޑުތަކާއެކު ދެވަނަ ލެގުގެ މެޗު 5-2 އިން ކާމިޔާބުކޮށް، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ޖާގަ އެ ޓީމުން ކަށަވަރުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ވޭތުވެދިޔަ ދެ ސީޒަނުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ މި މަރުހަލާއަށް ދަތުރުކުރި އަޒަރުބައިޖާންގެ ދެވަނަ ކްލަބެވެ. މިދިޔަ އަހަރު މި ޝަރަފު ހޯދީ ގަރަބާގް އެވެ. މީގެ އިތުރުން އަޒަރުބައިޖާންގެ ޓީމެއް ކޮލިފައިން ބުރު ފަހަނައަޅައި ދިޔަ ހަމައެކަނި އަނެއް ފަހަރަކީ 2017-18 ވަނަ އަހަރުގެ ސީޒަނުގައި ވެސް ގަރަބާގް ހޯދި ކާމިޔާބީއެވެ. 2017 ވަނަ އަހަރު އުފެދުނު ސަބާހް އެފްކޭގެ މި ކާމިޔާބީ ފާހަގަކުރެވެނީ ފުޓްބޯޅައިގެ ތާރީޚުގައި ވަރަށް ޚާއްސަ އަދި އަވަސް ކުރިއެރުމެއްގެ ގޮތުގައެވެ.

ކޮލިފައިން ކާމިޔާބުކުރި ހަތް ޓީމުގެ ތެރޭގައި ހިމެނިގެން ސަބާހް އެފްކޭ ދެން ވާދަކުރާނީ ބުރާސްފަތި ދުވަހު މޮނާކޯގައި ބާއްވާ ލީގު ފޭސްގެ ގުރުއަތުލުމުގައެވެ. ތިންވަނަ އަހަރަށް ކުރިއަށްދާ އައު ފޯމެޓުގެ ދަށުން، ޕޮޓް 4 ގައި ހިމެނޭ ސަބާހް އިން ލީގު ފޭސްގައި ތަފާތު އަށް ޓީމަކާ ދެކޮޅަށް މެޗުތައް ކުޅޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުފެދުނުތާ ނުވަ އަހަރު ތެރޭ ސަބާހް އެފްކޭ އިސްރާއީލުގެ ހަޕޮއެލް ބަލިކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެ ތާރީޚުގެ ތެރެއަށްކުޅިވަރު | ގަޑިއިރެއް ކުރިން4 ލަނޑުގެ ލީޑެއް އޮއްވައި ފަހަތުން އަރައި ސެލްޓިކް ކަޓުވާލައި ލާސްކް ޗެންޕިއަންސް ލީގަށްކުޅިވަރު | ގަޑިއިރެއް ކުރިންދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 3 މަސް ކުރިންޔުނައިޓެޑްގެ ރިޖެކްޓް ރަޝްފޯޑުގެ ދެލަނޑާއެކު ބާސެލޯނާ ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | އަހަރެއް ކުރިން