"ކުރިން ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާ އަދަދަށް މި ކޮންގްރެސްގައި މެމްބަރުން ބައިވެރިވާނެ"
26 އޯގަސްޓު 2026 - 09:57

އަންނަ މަހުގެ މެދުތެރޭގައި އޮންނަ ކޮންގްރެސްގައި 1،300 އެއްހާ މެމްބަރުން ބައިވެރިވާނެ ކަމަށާއި، އެއީ ރާއްޖޭގައި މީގެކުރިން ބޭއްވި އެއްވެސް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާ އަދަދެއް ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
އަދި މި ކޮންގްރެސް ހަތަރު ދުވަހުގެ ނިޔަލަށް ދެމިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation
ފް އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ކޮންގްރެސް ޕާޓީއަށް ކުރާ އިތުބާރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާދިއްތަ ދުވަހާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންގެ އަދަދު 70،000 ފަހަނަ އަޅާފައިވާކަމަށް ވިދާޅުވިއެވެ.

"އިންތިހާބެއް ކާމިޔާބު ކުރަން މިހާރު 180،000 އެއްހާ ސަޕޯޓަރުންގެ ވޯޓު ބޭނުންވާއިރު، ކޮންމެ ރަށެއްގެ ޕީއެންސީ މެމްބަރުން ވެސް މަސައްކަތް ކުރަނީ އެ ރަށެއްގެ ކޮންމެ ގިންތިއެއްގެ ބަޔަކާ ވެސް ގުޅިގެން. ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބޭނުންފުޅު ވަނީ ޕާޓީގެ ހުރިހާ މެމްބަރުންގެ ލަފަޔާއި އިރުޝާދާއި ހިޔާލު ހޯއްދަވައިގެން ކަންކަން ނިންމަވަން" މުންދު
އޭގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި މުންދު ފާހަގަ ކުރެއްވީ ޕީއެންސީގެ ކޮންގްރެސް ހަތަރު ދުވަހަށް ދެމިގެން ދިއުމެވެ. އެހެން ޕާޓީތަކުގެ ކޮންގްރެސް އާންމުކޮށް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ ނަމަވެސް، ޕީއެންސީގެ ކޮންގްރެސްގެ މައިގަނޑު އެއް ބޭނުމަކީ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ ކޮންމެ ރަށެއްގައި ހަރުގެއެއްގެ އިތުރުން އޮފީހެއް ހުޅުވުމަކީ ވެސް ތަސައްވުރެއް ކަމަށެވެ.

-01.jpg&w=3840&q=75)
