logo
MPL

MPL

ޚަބަރު

ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

އައިޝަތު ނަޝާ
26 އޯގަސްޓު 2026 - 12:28
ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ޖަލްސާތައް ކުރިއަށްދާނީ 3 ދައުރަކަށް ބަހާލައިގެންނެވެ.

އެއީ:

Ad by Hajj Corporation

Ad by Hajj Corporation

  • ފުރަތަމަ ދައުރު: ފެބުރުއަރީ 1 އިން މެއި 15 އަށް.
  • ދެވަނަ ދައުރު: ޖޫން 1 އިން އޮގަސްޓް 15 އަށް.
  • ތިންވަނަ ދައުރު: އޮކްޓޯބަރު 1 އިން ނޮވެމްބަރުގެ ނިޔަލަށް.

މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރު ކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސް ކޮށްގެންނެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލިސް ޗުއްޓީއަށް ނުދެއެވެ. މުހިންމު މަސައްކަތްތަކެއް ހުރުމުން ފުރަތަމަ ދައުރުގެ ޖަލްސާތައް ދަންމާލައި، ދެވަނަ ދައުރު ފަށާފައިވަނީ އެ ޖަލްސާތައް ނިމުނު ހަފުތާއަށްފަހު ޗުއްޓީއަށް ނުގޮސް ތިއްބައެވެ.

ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ މިއަހަރުގެ 3ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ، އޮކްޓޯބަރު މަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއިންފޯމޭޝަން ކޮމިޝަނަރުކަމަށް އަބްދުލްއަޒީޒު އަށް ރުހުންދީފިޚަބަރު | ގަޑިއިރެއް ކުރިން