އިންފޯމޭޝަން ކޮމިޝަނަރުކަމަށް އަބްދުލްއަޒީޒު އަށް ރުހުންދީފި
26 އޯގަސްޓު 2026 - 12:52

އިންފޯމޭޝަން ކޮމިޝަނަރު ކަމަށް ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އަންނަ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހު މިހާރު އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. މި މަގާމަށް ޢަބްދުލްޢަޒީޒް އައްޔަނުކުރަން ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

Ad by Hajj Corporation
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ ރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށްފަހު އެންމެ ފުރަތަމަ އެ މަޤާމަށް ވަޑައިގެންނެވި ބޭފުޅާއެވެ. އޭނާ އެންމެ ފުރަތަމަ އެ މަޤާމަށް ޢައްޔަންކުރެއްވީ 2014 ޖުލައި 22 ގައެވެ. އަދި 2019 ޖުލައި 22 އާ ހަމައަށް އެ މަޤާމު ފުރުއްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ބަހުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މަގާމަށް ހުށަހެޅުއްވިއިރު ހުންނެވީ ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނީ ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާ މިނިވަން ބޭފުޅެއްގެ ގޮތުގައެވެ.

-01.jpg&w=3840&q=75)
