ޕީއެންސީ އަކީ އެންމެން ގުޅިގެން ދިވެހިރާއްޖެ ބިނާކުރާ ޕާޓީ: ހީނާ
29 އޯގަސްޓު 2026 - 07:31

ޕީއެންސީ އަކީ އެންމެން ގުޅިގެން ދިވެހިރާއްޖެ ބިނާކުރާ ޕާޓީ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އަދި ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސާ ހީނާ ވަލީދު ރޭ ވިދާޅުވެއްޖެ އެވެ.
"ކޮންގްރެސް ފޯރި" ޕްރްގްރާމްގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ މި ވާހަކަ ތަކަކީ ފަހުރުވެރިކަމާ އެކު ދައްކަންޖެހޭ ވާހަކަތަކެއް ކަމަށެވެ. އަދި ޕީއެންސީ މިހާ ހިސާބަށް އައީ އެއްފިކުރެއްގައި އެއްބައިވަންތަކަމާ އެކު ޕީއެންސީ މެމްބަރުން ސާބިތުކަމާ އެކު ތިބި ތިބުން ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

Ad by Hajj Corporation
ހީނާ ވިދާޅުވީ ޕީއެންސީގެ ލީޑަރެއްގެ ގޮތުން ޕާޓީގެ ހިންގުން ހަރަދުނާކޮށް، ޕާޓީގެ މަސައްކަތްތައް ހަލުވިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްމަދު ކުރައްވާ މަސައްކަތްޕުޅު ވަރަށް ގާތު ފެންނަ ކަމަށެވެ. އެގޮތުން ޕާޓީގެ މެމްބަރުންނަކީ އެންމެ ބޮޑު ރައޫސުލްމާލު ކަމަށާއި މެމްބަރުންނާ އޮންނަ ގުޅުން އިތުރުކޮށް ޕާޓީގެ އަސާސްތައް ދެމެހެއްޓުމަށްޓަކައި ރައީސް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
