logo
MPL

MPL

ޚަބަރު

ޕީއެންސީ މަތީ މަޖީލީހުގައި 49 މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަނީ  

އަޙުމަދު ރިޝާން
31 އޯގަސްޓު 2026 - 04:43
ޕީއެންސީ މަތީ މަޖީލީހުގައި 49 މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަނީ  

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީގެ މަތީ މަޖިލީހުގައި 49 މަގާމަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީއެންސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އިސްތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލާޒިމުކުރާ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގެ ވަރަށް މުހިއްމު މަޤާމުތަކަކަށް އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި އިންތިހާބުގައި ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅުންނާއި، މެންބަރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 18 ބޭފުޅުން އިންތިހާބު ކުރުމަށް ނިންމާފައިވެ އެވެ. އަދި މީގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށް 7 މެންބަރުންނާއި، އަންހެން ބޭފުޅުންނަށް ހާއްސަ 10 ގޮނޑިއަކަށް ވެސް މެންބަރުން އިންތިހާބުކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޤާމުތަކުގެ އިތުރުން އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އިސް މަޤާމުތަކަށްވެސް ބޭފުޅުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ، އަދި ޚަޒާންދާރުގެ މަޤާމުތަކެވެ. މި މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަނީ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން 8ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާ ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ، ކޮންމެ ބޭފުޅަކުވެސް އައިޑީކާޑުގެ މައުލޫމާތާއި، ފޮޓޯއެއްގެ އިތުރުން ޕޮލިސް ރެކޯޑާއި ޝަރުއީ ކޯޓުތަކުގެ ކުށުގެ ރެކޯޑު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ހުށަހަޅާ ކުށުގެ ރެކޯޑަކީ ވޭތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި ސާފުކޮށްފައިވާ ރެކޯޑަކަށް ވާންޖެހޭނެ ކަމަށާއި، 1 މަހަށްވުރެ މުއްދަތު ދިގުވެފައިވާނަމަ އެ ރެކޯޑު އަލުން އާކުރަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ މަތީ މަޖީލީހުގައި 49 މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަނީ  ޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީގެ މެމްބަރުންގެ އަދަދު ހަތްދިހަ ހާހުން މައްޗަށްޚަބަރު | 5 ދުވަސް ކުރިންމަތީ މަޖިލިސްވެގެން ދާނީ އިދިކޮޅު ފިކުރުގެ ފަރާތްތައް ވެސް އެ މަޖިލީހަކުން ފެނިގެންދާނެ އެންމެ ޑިމޮކްރެޓިކް ހަރަކާތަށް: ލަމްއާންޚަބަރު | 6 ދުވަސް ކުރިންޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | 25 ދުވަސް ކުރިން