logo
MPL

MPL

ޚަބަރު

ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

އައިޝަތު ނަޝާ
31 އޯގަސްޓު 2026 - 08:27
ިރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، ވާހަކަތަކަށް ސަރުކާރުން ފުރިހަމައަށް ތާއީދުކުރަންކަމަށާއި، ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން ދެމުންދާ މުސާރަ އެއްގޮތަކަށްވެސް ދިނުން ހުއްޓާލައިގެން ނުވާނެކަމަށް ރައީސުލްޖުމްހޫޮރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުވަނީ ތަސްދީގުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިލު ތަސްދީޤުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ،ރު ފައިސާއާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރިސޯޓްތަކުގެ ޚަރަދުތަކާއި ހިންގުމަށް އެއްވެސް ދަތިކަމެއް ނައިސް އެކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްށެވެ.

 

އަދި މި ބަދަލު ގެންނަން ނިންމީ ޢިލްމީ ފަންނީ އަދި ޤާބިލު ފަރާތްތައް މެދުވެރިކޮށް، ތަފާސް ހިސާބުތަކަށް ބަލާ، ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއީ ޤައުމީ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިކަމުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. މި ފައިސާއަކީ ރައްޔިތުންނަށް މަންފާވާ ބޭނުންވާ މުހިންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާނެ ފައިސާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ފަރުވެރިކަމުގެ ސިނާޢަތަށް 5.6 ޑޮލަރު ލިބުނުއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެތެރެއަށް ވަނީ 3.8 ބިލިޔަން ޑޮލަރުކަމަށެވެ. މީގެތެރެއިން ބޭންކަށް މާރުކޮށްފައިވަނީ %21 ކަމަށެވެ. އަދި މި ޤާނޫނު އައުމުގެ ކުރިން މާރުކުރަމުންދިޔައީ %10ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ޤާނޫނުގެ ބޭނުމަކަށްވަނީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ހެޔޮ ބަދަލެއް ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ އަޑީގައިވާ އިޤްތިޞާދީ މުއްސަނދިކަން ހޯދަން ވަޒީރުންގެ މަޖިލީހުން ބޮޑު ނިންމެވުމެއްޚަބަރު | ގަޑިއިރެއް ކުރިންމާލޭގެ ޓްރާންސްޕޯޓް ވަކި އޮފީހަކަށް ބަދަލުކުރީ ކުރީގެ ތަޖުރިބާގެ އަލީގައި: ރައީސްޚަބަރު | ގަޑިއިރެއް ކުރިންރައީސުލްޖުމްހޫރިއްޔާ މިއަދު މުހިންމު ހަތް ބިލެއް ތަސްދީޤުކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންިރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަދިނުން ހުއްޓާލައިގެން ނުވާނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން