logo
MPL

MPL

ޚަބަރު

މާލޭގެ ޓްރާންސްޕޯޓް ވަކި އޮފީހަކަށް ބަދަލުކުރީ ކުރީގެ ތަޖުރިބާގެ އަލީގައި: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޯގަސްޓު 2026 - 11:57
މާލޭގެ ޓްރާންސްޕޯޓް ވަކި އޮފީހަކަށް ބަދަލުކުރީ ކުރީގެ ތަޖުރިބާގެ އަލީގައި: ރައީސް

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނު ހެދީ ކުރިން އަދާކުރެއްވި މަގާމުތަކުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ އެއްގަމުދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލާއި، މި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިތުރު ހަ ބިލެއް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ގާނޫނުގެ ދަށުން މާލެ ސަރަހައްދަށް ހާއްސަކޮށް އުފައްދާ އޮފީހަކީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން ބާރުތަކެއް ލިބިގެންދާނެ އޮފީހެއް ކަމަށެވެ. އަދި އެއީ ވަރަށް ގިނަ އަހަރުތަކެއްގެ ތަޖުރިބާއިން ނިންމެވި ނިންމެވުމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މިއީ ދެން ވަރަށް ގިނަ އަހަރުގެ ތަޖުރިބާއިން އަޅުގަނޑުމެން ކުރި ކަމެއް. އަޅުގަނޑު އެކި ފަހަރު މަތިން، އެކި ހައިސިއްޔަތުން ކުރީގައި، މާލޭގެ މި ޓްރެފިކް މައްސަލައާއި މަގުތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރިން. އެ ކަންކަމުގެ ތަޖުރިބާގެ އަލީގައި މި އިސްލާހު މި ގެނައީ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، މިއަދު ތަސްދީގުކުރެވިގެން ދިޔަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ކަށަވަރުވެގެންދާނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީޤު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރަށްވާފައިވާއިރު، މި ބިލުން، މާލޭ ސަރަޙައްދުގައި އާބާދީ ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި، ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ގްރޭޓަ މާލެ ސަރަޙައްދު ހަމަޖައްސައި، މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް ޚިދުމަތް ދިނުމަށް ޓަކައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި ޙާއްޞަ އޮފީހަކާއި، އެ ސަރަހައްދާގުޅޭ ޚާއްޞަ އުސޫލުތައް ކަނޑައެޅުމަށް ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލުގެ ނަމުގައި އެޑްވައިޒަރީ ބޯޑެއް އުފައްދައި، އެއްގަމު ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމަށް ފަންޑެއް ވަނީ ޤާއިމުކޮށްފައެވެ.

މި ބިލުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި، އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދިނުމާއި، ދުއްވުމާއި، މަޑުކުރުމާއި، ޕާކުކުރުމާއި، ބޭނުންކުރުމުގެ ހަމަތަކާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، އަދި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، މި ކަންކަމާ ގުޅޭ އިޖުރާތުތަކާއި އުސޫލުތައް ކަނޑައަޅައިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ އަޑީގައިވާ އިޤްތިޞާދީ މުއްސަނދިކަން ހޯދަން ވަޒީރުންގެ މަޖިލީހުން ބޮޑު ނިންމެވުމެއްޚަބަރު | ގަޑިއިރެއް ކުރިންމާލޭގެ ޓްރާންސްޕޯޓް ވަކި އޮފީހަކަށް ބަދަލުކުރީ ކުރީގެ ތަޖުރިބާގެ އަލީގައި: ރައީސްޚަބަރު | ގަޑިއިރެއް ކުރިންރައީސުލްޖުމްހޫރިއްޔާ މިއަދު މުހިންމު ހަތް ބިލެއް ތަސްދީޤުކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންިރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަދިނުން ހުއްޓާލައިގެން ނުވާނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން