logo
MPL

MPL

ޚަބަރު

ސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަޞްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޯގަސްޓު 2026 - 13:57
ސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަޞްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި: ރައީސް

ސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަޞްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި މުހިންމު 7 ބިލެއް ތަޞްދީޤުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ބިލުތަކަކީ:

Ad by Hajj Corporation

Ad by Hajj Corporation

  • މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު
  • އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު
  • ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު
  • ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު
  • ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު
  • އެއްގަމު ދަތުރުފަތުރުގެ ބިލު

ބިލުތައް ތަޞްދީޤުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، މިއިން ކޮންމެ ބިލަކީވެސް ރައްޔިތުންނަށް ފައިދާކުރާނޭ ފަދަ ބިލުތަކެއް ކަމަށެވެ. އެގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވުން ފަދަ ލުއިފަސޭހަތައް ލިބޭނެކަން ފާހަގަކުރެއްވިއެވެ. އަދި ބޭންކުތަކުން މާރުކުރަންޖެހޭ މިންވަރު މާރުކުރުމަކީ ރިޒޯޓުތަކުގެ އޮޕަރޭޝަނަށާއި މުވައްޒަފުންގެ ޑޮލަރު މުސާރައަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫންކަން ދިރާސާތަކުން ދައްކާ ކަމަށާއި، މިކަން ބަހަނާއަކަށް ހަދައި މުވައްޒަފުންގެ މުސާރައަށް އުނިކަމެއް ގެނެސްގެން ނުވާނޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޓެކުހާ ގުޅުންހުރި އިޞްލާޙުތަކުގެ ތެރެއިން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުން، އިމާރާތްކުރުމުގެ ދާއިރާގައި ދިވެހި ކުންފުނިތަކަށް ބޭރުގެ ކުންފުނިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން މީރާއަށް ގެއްލުނު ތަންފީޒީ ބާރު އަލުން ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމުގެ ބިލާއި، މަސްވެރިކަމުގެ ޤާނޫނާއި، އެއްގަމު ދަތުރުފަތުރުގެ ބިލުގެ ސަބަބުން އިޤުތިޞާދު ސިންދަފާތުވެ، މަސްކަނޑުތައް ޙިމާޔަތްކުރެވި، މަގުމަތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި އިޞްލާޙުތަކުގެ މައިގަނޑު މަޤުޞަދަކީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި ޤާނޫނީ ނިޒާމު ހަރުދަނާކުރުން ކަމަށެވެ. މިއަދު ތަޞްދީޤުކުރެއްވި ބިލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓްތަކަކީ ދައުލަތުގެ ތަކެތި، އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަޞްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި: ރައީސްޚަބަރު | ގަޑިއިރެއް ކުރިންކަނޑުގެ އަޑީގައިވާ އިޤްތިޞާދީ މުއްސަނދިކަން ހޯދަން ވަޒީރުންގެ މަޖިލީހުން ބޮޑު ނިންމެވުމެއްޚަބަރު | 3 ގަޑިއިރު ކުރިންމާލޭގެ ޓްރާންސްޕޯޓް ވަކި އޮފީހަކަށް ބަދަލުކުރީ ކުރީގެ ތަޖުރިބާގެ އަލީގައި: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން