logo
MPL

MPL

ޚަބަރު

ރިސޯޓްތަކަކީ ދައުލަތުގެ ތަކެތި، އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޯގަސްޓު 2026 - 14:13
ރިސޯޓްތަކަކީ ދައުލަތުގެ ތަކެތި، އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ: ރައީސް

ރާއްޖޭގެ ރިސޯޓްތަކަކީ ދިވެހި ދައުލަތުގެ ތަކެތި ކަމަށާއި، ދައުލަތުގެ ބިންތަކުގައި ހިންގާ ވިޔަފާރިތަކުން ލިބޭ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރިސޯޓަކަށް 40 ޕަސަންޓް ޑޮލަރު މާރުނުކުރެވި ނުހުންނާނެ ކަމަށެވެ. "ރާއްޖޭގެ އެއްވެސް ރިސޯޓެއް ނޯންނާނެ މި 40 އިންސައްތަ މާރު ނުކުރެވޭ. ހަމަ ލޯނު ދައްކާފައި، މުވައްޒަފުންނަށް މުސާރަ ދީފައި، ހަރަދުތައް ދައްކާފައި، ދުވަހު އޮޕަރޭޝަންތައް ހިންގަމުން ދެއްކޭނެ މި ވަރު،" ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައްކަންޖެހޭ 40 ޕަސަންޓް ކުޑަކުރުމަށްޓަކައި ބައެއް ވިޔަފާރިވެރިން އާމްދަނީ ކުޑަކަމަށް ދައްކައިގެން ހިސާބުތައް ފޮނުވާނެ ކަމަށް ބުނެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހިސާބު އޮޅުވާލުމުގެ ފުރުސަތު ނުލިބޭނެ ގޮތަށް ސަރުކާރުން ނިޒާމުތައް ގާއިމުކުރާނެ ކަމަށެވެ. އަދި އައު ބިލުތަކުގެ ސަބަބުން މިފަދަ ކަންކަން ހުއްޓުވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން ޓްރެކްކުރެވޭނެ ހާއްސަ ނިޒާމެއް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ތައާރަފުކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. އެ ނިޒާމުގެ ދަށުން ޓޫރިސްޓު އެތެރެވީއްސުރެ އޭނާ ދިޔަ ތަނާއި، ހުރި ތަނާއި، އަދި ފުރައިގެން ދިޔަކަން ސަރުކާރުގެ ސިސްޓަމްތަކުން އެނގޭނެ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް ވިޔަފާރިން ވަކި ބަޔަކު މުއްސަނދިވެ، ދެން ތިބި ރައްޔިތުން ތަކުލީފުގައި ދިރިއުޅެން ނުޖެހޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރުމުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. "ކީއްވެގެން ވަކި ބަޔަކު މުއްސަނދިވެފައި އެހެން އެންމެން ސަފާކުރަން ޖެހޭނީ. ނުޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ޑޮލަރު މާރުކުރުމުގެ ބަދަލުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށާއި، ބަޖެޓު ބޮޑުކުރާނަމަ ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ބޮޑުކުރާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ބިރުދައްކައި މެސެޖުތައްވެސް ފޮނުވާފައިވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓްތަކަކީ ދައުލަތުގެ ތަކެތި، އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަޞްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި: ރައީސްޚަބަރު | ގަޑިއިރެއް ކުރިންކަނޑުގެ އަޑީގައިވާ އިޤްތިޞާދީ މުއްސަނދިކަން ހޯދަން ވަޒީރުންގެ މަޖިލީހުން ބޮޑު ނިންމެވުމެއްޚަބަރު | 3 ގަޑިއިރު ކުރިންމާލޭގެ ޓްރާންސްޕޯޓް ވަކި އޮފީހަކަށް ބަދަލުކުރީ ކުރީގެ ތަޖުރިބާގެ އަލީގައި: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން