logo
Bank of Maldives

Bank of Maldives

ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ސެޕްޓެމްބަރު 2026 - 04:21
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން އެދިއްޖެ

 

ޤާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ ކިބައިން އެދިއްޖެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއާ ހިއްސާކުރެވޭނެ ކަމަށެވެ.

ލައިސަންސް ނެތި މިފަދަ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް މައުލޫމާތު ފޮނުވޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެއިތުރުން ފުލުހުން ވަނީ މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި މައުލޫމާތު ދޭ ފަރާތްތަކުން މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގެ ބޭންކިން ނިޒާމަށް ފައިސާ ނުވަދެ ނުވަތަ ނިޒާމުގެ ބޭރުން ކަޅު ބާޒާރުގައި ފައިސާ މާރުކުރުމުގެ ސަބަބުން ބޭންކުތަކުގައި ބޭރު ފައިސާ ހުންނަ މިންވަރު ވަނީ ދަށްވެފަ އެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ކަޅު ބާޒާރުން ގަންނަން ޖެހުމުން މުދަލުގެ އަގު އުފުލިގެންދާ އިރު، ޒަރޫރީ ބޭނުންތަކަށް ލިބޭ ބޭރު ފައިސާގެ މިންވަރު ވެސް ހިފެހެއްޓިގެންދެ އެވެ.

ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކާ އެކު މި މައްސަލައަށް ހައްލު ހޯދައި، އާންމު ރައްޔިތުންނަށް ކަނޑައެޅިފައިވާ ރަސްމީ ރޭޓުގައި ބޭރު ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު އަތުލައިގަނެފިޚަބަރު | 4 ދުވަސް ކުރިންކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތައް ހޯދަން ގާއިމުކުރި ހޮޓްލައިނަށް 65 މައްސަލައެއް ޚަބަރު | 5 ދުވަސް ކުރިންތިން ވުޒާރާގައި ރޯވި މައްސަލާގެ ތަހުޤީޤަށް މައުލޫމާތު ދިނުމަށް ރައީސް ޔާމީން އުޒުރުވެރި ވެއްޖެޚަބަރު | 6 ދުވަސް ކުރިންހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދެފިޚަބަރު | 6 ދުވަސް ކުރިން