ޕީއެންސީގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
4 ސެޕްޓެމްބަރު 2026 - 10:13

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަނޑި މިމަހުގެ 8 ވަނަ ދުވަހަށް ހަމަވާއިރު، ބާކީ އޮތީ 4 ދުވަހެވެ. މި މަގާމަށް ކުރިމަތިލެވޭނީ ވަކި ހާއްސަ ޕޯޓަލްއެކުންނެވެ.

Ad by Hajj Corporation
އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ މަހުގެ 15 އިން 18 އަށެވެ. ޕީއެންސީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލަން ތައްޔާރުވަމުން އަންނައިރު، 12 މަގާމަކަށް 49 މީހުން އިންތިހާބު ކުރާނެއެވެ.
ޕީއެންސީން ބުނީ، ކޮންމެ މަގާމަށް ވާދަކުރައްވާ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ އައިޑީކާޑުގެ މައުލޫމާތު ހުށަހަޅުއްވަން ޖެހޭނެ ކަމަށާއި އޭގެ އިތުރަށް ޕޮލިސް ރެކޯޑާއި ކޯޓުތަކުން ސާފުކޮށްފައިވާ ކުށުގެ ރެކޯޑު ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

-01.jpg&w=3840&q=75)
