logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާފު ކުޑަކޮށް މާލީ ގޮތުން ދައުލަތް ވަރުގަދަކުރަން ރައީސް ނިންމެވި ނިންމެވުމަށް ފަހުމީގެ ތާއީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ސެޕްޓެމްބަރު 2026 - 05:25
އިސްރާފު ކުޑަކޮށް މާލީ ގޮތުން ދައުލަތް ވަރުގަދަކުރަން ރައީސް ނިންމެވި ނިންމެވުމަށް ފަހުމީގެ ތާއީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިޞްލާޙުކުރެއްވުމުގެ ނިންމެވުންތަކަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ނިންމުމެއް ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ، މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމާއި، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމުގެ އިތުރުން ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަކުރުމުން އެސްއޯއީތަކުން އެންމެ މުހިންމު ކަންކަމަށް އިސްކަންދެވޭނެ ކަމަށެވެ. އަދި މިއީ ޒިންމާދާރުކަން އިތުރުކޮށް ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ނިންމުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިތުރަށް ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މާނަހުރި އިޞްލާޙީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެންނާއި، އެކަންކަން ތަންފީޒުކުރުމުގެ ވަރުގަދަ ޢަޒުމުގައި ކަމަށެވެ. އަދި މިއީ ވަރަށް ސާފު މަޤްޞަދެއްގައި ސަރުކާރުން ނިންމަވާފައިވާ އިޞްލާޙީ ނިންމެވުމެއް ކަމުގައިވެސް ވިދާޅުވިއެވެ.

 

View post on Twitter

 

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ދެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯ އަދި އެމްޓީސީސީއާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، ކުރީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިޔުއެސްސީގެ ހިއްސާ އަނބުރާ ދައުލަތަށް ހޯދުމަށާއި، ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް ބޮޑުކުރުމަށްވެސް މި ސަރުކާރުން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާފު ކުޑަކޮށް މާލީ ގޮތުން ދައުލަތް ވަރުގަދަކުރަން ރައީސް ނިންމެވި ނިންމެވުމަށް ފަހުމީގެ ތާއީދުޚަބަރު | 23 މިނިޓު ކުރިންރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފައްދަން ފަށަނީޚަބަރު | 17 ދުވަސް ކުރިންރައީސް އޮފީީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފިޚަބަރު | އަހަރެއް ކުރިންހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށްނިންމައި ސްމާޓް އެޕްލިކޭޝަން ތައާރަފްކުރުމުގެ ފަހުގެ ތައްޔާރީ ފަށައިފި ޚަބަރު | އަހަރެއް ކުރިން