logo
MPL

MPL

ޚަބަރު

ޕީއެންސީ މަތީ މަޖީލީހަށް އެހެން ޕާޓީތަކުގެ ލީޑަރުންނަށް ވާނީ ދައުވަތު ދީފައި، ޒާތީ ކަމެއް ނެތި ވަޑައިގަންނަވާ: ޝާހިދު

އަޙުމަދު ރިޝާން
8 ސެޕްޓެމްބަރު 2026 - 05:44
ޕީއެންސީ މަތީ މަޖީލީހަށް އެހެން ޕާޓީތަކުގެ ލީޑަރުންނަށް ވާނީ ދައުވަތު ދީފައި، ޒާތީ ކަމެއް ނެތި ވަޑައިގަންނަވާ: ޝާހިދު

ޕީއެންސީ މަތީ މަޖީލީހަށް އެހެން ޕާޓީތަކުގެ ލީޑަރުންނާއި ކުރީގެ ރައީސުންނަށް ދައުވަތު ދީފައިވާނެ ކަމަށާއި ޒާތީ ކަމެއް ނެތި ވަޑައިގެންނެވުމަށް ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ކޮންގެރެސް ފޯރި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޒާތީ ހަސަދަވެރި ކަމެއް ނެތި ޕީއެންސީ މަތީ މަޖިލީހަށް އައުމުން ޕާޓީ ހިނގާގޮތް އެ ބޭފުޅުންނަށް ރަނގަޅަށް އެނގި ވަނޑައިގަންނަވާނެ ކަމަށެވެ. އަދި ވަރަށް ގިނަ ކަންކަމެއް އެ ބޭފުޅުންނަށް ދަސްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝާހިދު ވިދާޅުވީ ލީޑަރަކަށް ވާންޖެހޭނީ ހަމައެކަނި ވެރިކަމަށް އަންނަވީމަ އެކަނި ނޫން ކަމަށެވެ. އަދި އޭގެ ކުރިން ވެސް ލީޑަރުން ތިބެންވާނީ ލީޑަރުންގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ޒަމާން ބަދަލުވެއްޖެ ކަމަށާއި ޕާޓީތައް ހިންގާ ގޮތާ ވައްޓަފާޅި ވެސް ބަދަލުވެފައިވާ ކަމަށް ވެސް އޭނާ ސިފަކުރެއްވެވި އެވެ.

ޕީއެންސީ ވަނީ އެޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވުމަށް ބޭރުގެ މަމްދޫބުންނާއި ބައެއް ގައުމުތަކުގެ ސަފީރުންނަށް ވެސް ދައުވަތުދޭން ނިންމާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙަތާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަންދޭ އެއް ދާއިރާ: ޝާހިދުޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީ މަތީ މަޖީލީހަށް އެހެން ޕާޓީތަކުގެ ލީޑަރުންނަށް ވާނީ ދައުވަތު ދީފައި، ޒާތީ ކަމެއް ނެތި ވަޑައިގަންނަވާ: ޝާހިދުޚަބަރު | 2 މަސް ކުރިންޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެންނަ ސަބަބުތައް އޮޅުވައިނުލުމަށް ޝާހިދު އެދިވަޑައިގެންފިޚަބަރު | 3 މަސް ކުރިންއެމްޑީޕީ ސަރުކާރުގައި ހުޅުދޫ އިންޖީނުގޭ އަޅަން 185 މިލިއަން ދޫކުރި، ފެންނަން ހުރީ ވަށާފާރަކާ ސައިލެންސަރެއް: ޝާޑްޚަބަރު | 3 މަސް ކުރިން