logo
Bank of Maldives

Bank of Maldives

ޚަބަރު

އާބާދީ ދަށްވިޔަނުދޭން ބިލެތްދޫއިން އެޅި ފިޔަވަޅު: ވަކިވާނަމަ 5،000ރ.، ގުޅޭނަމަ 2،500ރ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ސެޕްޓެމްބަރު 2026 - 17:25
އާބާދީ ދަށްވިޔަނުދޭން ބިލެތްދޫއިން އެޅި ފިޔަވަޅު: ވަކިވާނަމަ 5،000ރ.، ގުޅޭނަމަ 2،500ރ

ފ. ބިލެތްދޫގެ ރަށްވެހިކަމުން ވަކިވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ ފީއެއް ނެގުމަށާއި، އަލަށް އެ ރަށުގެ ރަށްވެއްސަކަށް ވާ މީހުންނަށް 2500 ރުފިޔާގެ ފައިސާގެ އިނާޔަތެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ބިލެތްދޫ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5،000 ރުފިޔާގެ ފީއެއް ނަގަން ނިންމާފައިވާއިރު، އަލަށް ރަށްވެހިވާ ކޮންމެ މީހަކަށް 2،500 ރުފިޔާގެ ހަދިޔާއެއް ދިނުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު 967 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫ ކައުންސިލުން މި ފިޔަވަޅު އަޅާފައިވަނީ ރަށުގެ ރަށްވެހިންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި، ރަށުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ މަގުސަދުގައެވެ.

ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ކައުންސިލްތަކުން ވެސް މީގެ ކުރިން މިފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން ޅ. ހިންނަވަރުން ވެސް ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 2،000 ރުފިޔާގެ ފީއެއް ނެގުމަށް މީގެ ކުރިން ވަނީ ނިންމައި އަމަލުކޮށްފައެވެ.

ކުދި އާބާދީތައް އޮންނަ ރަށްރަށުން މީހުން ރަށްވެހިކަން ބަދަލުކުރުން ހުއްޓުވުމަށް އެކި ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ އެކި އުސޫލުތައް ކަނޑައަޅަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާބާދީ ދަށްވިޔަނުދޭން ބިލެތްދޫއިން އެޅި ފިޔަވަޅު: ވަކިވާނަމަ 5،000ރ.، ގުޅޭނަމަ 2،500ރޚަބަރު | 28 މިނިޓު ކުރިންބިލެތްދޫގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | އަހަރެއް ކުރިންބިލެތްދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށްޚަބަރު | އަހަރެއް ކުރިންބިލެތްދޫގެ ބިން ބޮޑުކުރުމަށްޓަކައި ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ބިން ހިއްކައިދޭނަން: ރައީސްޚަބަރު | އަހަރެއް ކުރިން