logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސްފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
21 އޮކްޓޯބަރު 2024 - 04:28
ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސްފި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސްފިއެވެ. ބޭންކް އެކައުންޓްތައް ފްރީޒް ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް ތައާރަފްކޮށް، 60 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން ވެސް އެކައުންޓްތައް ފްރީޒް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ކުރީގެ އުސޫލުގެ ދަށުން މީރާއަށް އެކައުންޓްތައް ފްރީޒް ކުރެވޭނީ ފައިސާ ދެއްކުމަށް 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓް ފްރީޒް ކުރާނީ ޖޫރިމަނާ އާއި އިންޓްރެސްޓް ނުހިމެނޭ ގޮތަށް މީރާއިން ކަނޑައަޅާ އަދަދަށް ވުރެ މަތީ އަދަދެއް ނުދައްކާ އޮވެގެންނެވެ. ނަމަވެސް އިންސްޓޯލްމެންޓް އުސޫލުގެ ތެރެއިން ފައިސާ ބަހާލައިގެން ދައްކަން އެއްބަސްވެފައިވާނަމަ ނުވަތަ އެއީ ދައުލަތުގެ އިދާރާއެއް ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއް ނަމަ ބޭންކް އެކައުންޓް ފްރީޒެއް ނުކުރާނެ އެވެ.

އެ އޮތޯރިޓީގެ އެންމެ ފަހުގެ ޕޮލިސީ އިސްލާހަކީ ޓެކްސް އަށް ވަގުތުން އަމަލުކުރުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓެކުހަށް މަކަރު ހެދުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނައި އިސްލާހެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަލުވިކޮށް ހަރުދަނާ ކުރަނީ ޚަބަރު | 2 މަސް ކުރިންއާމްދަނީ 6.9 އިންސައްތަ މައްޗަށް ގޮސް، ގްރީން ޓެކްސް ދެ ގުނަ އިތުރުވެއްޖެޚަބަރު | 5 މަސް ކުރިންއެއާޕޯޓް ޓެކްސް އާމްދަނީ އިތުރުވެއްޖެ ޚަބަރު | 7 މަސް ކުރިންޑޮލަރުން ލިބުނު އާމްދަނީ ބިލއަނަކަށް ވުރެ މައްޗަށް ޚަބަރު | 8 މަސް ކުރިން