ޕީއެންސީގެ މެންބަރުންގެ މަޖިލީހުން ޒުވާނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މެމްބަރުން އިންތިހާބުކޮށްފި
16 ސެޕްޓެމްބަރު 2026 - 06:52

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުން ޒުވާނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފިއެވެ. ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މި އިންތިހާބުގައި ޕާޓީގެ ނައިބުރައީސުންނާއި މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ.
އެގޮތުން ޕާޓީގެ ނައިބުރައީސްކަމަށް ހަ ބޭފުޅަކު އިންތިހާބުކޮށްފައިވާއިރު، މަތީ މަޖިލީހުން އަންހެނުންނަށް ހާއްސަކުރި ދިހަ ގޮނޑިއާއި، ޒުވާނުންނަށް ހާއްސަކުރި 7 ގޮނޑިއަށްވެސް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ. ޒުވާނުންގެ ހަތް ގޮނޑިއަށް ޖުމްލަ 12 ބޭފުޅަކު ވާދަކުރެއްވިއެވެ.

Ad by Hajj Corporation
ޒުވާނުންގެ ގޮނޑިތަކަށް އިންތިހާބުވި ބޭފުޅުންނާއި ލިބިވަޑައިގެންނެވި ވޯޓު:
1. ސިމާން ހާދީ - 881 ވޯޓު
2. އިބްރާހީމް އަދްޔާން ނިމާލް - 857 ވޯޓު
3. މަލްޝާ ޝަރީފު - 856 ވޯޓު
4. މުހައްމަދު އަސީލު - 852 ވޯޓު
5. ލުޖައިނުﷲ ޒުހައިރު - 851 ވޯޓު
6. އިސްމާއީލް ރިފާއު - 850 ވޯޓު
7. ހައްމާދު ރަޝީދު - 849 ވޯޓު
ޒުވާނުންގެ ތެރެއިން މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރި ހަތް މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓާއެކު އިންތިހާބުވެވަޑައިގަތީ ސިމާން ހާދީއެވެ.
މެންބަރުންގެ މަޖިލީހަށް އަންހެނުންނާއި ޒުވާނުންގެ ތެރެއިން އިންތިހާބުކުރާ މަގާމުތަކުގެ އިތުރުން، އެ މަޖިލީހުން އާއްމުކޮށް ހުޅުވާލައިގެން އިންތިހާބުކުރާ 18 މެންބަރުންގެ މަގާމަށް 70 އަށްވުރެ ގިނަ ބޭފުޅުން ވާދަކުރައްވައެވެ. މީގެއިތުރުން، އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުންވެސް މިއަދުގެ ތެރޭގައި ކުރިއަށްދާނެއެވެ.


