logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުން އިމާރާތް ކުރާ ފްލެޓްތައް ދޫކުރާއިރު އެއްވެސް ނުފޫޒެއް ނޯންނާނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2026 - 19:01
މި ސަރުކާރުން އިމާރާތް ކުރާ ފްލެޓްތައް ދޫކުރާއިރު އެއްވެސް ނުފޫޒެއް ނޯންނާނެ: ރައީސް

މި ސަރުކާރުން މިހާރު އިމާރާތް ކުރަމުންދާ އަދި އިމާރާތް ކުރަން ތައްޔާރުވަމުންދާ ފްލެޓްތައް ދޫކުރާއިރު އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވި އާންމުންގެ މީހަކު ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ. އެ މީހާ ވަނީ ކުރީގެ ސަރުކާރުގައި ބޯހިޔާވަހިކަން ދިންއިރު އިންސާފުން ބޭރުން ހިންގާފައިވާ ކަންކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ އިންސާފުވެރިކޮށް އެކަން ކުރިއަށް ގެންދިއުމަށްޓަކައި ފްލެޓާއި ބިމަށް ކުރިމަތިލީ ފަރާތްތަކަށް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މި ފަހަރު އެއްވެސް މީހަކު ނުވަތަ ބަޔަކު ބޭނުންވާ ބަޔަކަށް ފްލެޓް ދިނުމުގެ ފުރުސަތު ނޯންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

"ވަކި މީހަކު ކެންސަލް ކޮށްލަން ނުވަތަ ވަކި މީހަކު ހޮވަން އެއްވެސް ފުރުސަތެއް ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެންމެ މުހިންމުކަން ދެއްވާ އެއް ކަމަކީ އެކަން ނިމުމަކަށް ގެނައުން ކަމަށެވެ. އަދި މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢުތަކެއް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށްވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުންވަނީ ސަރުކާރު މުވައްޒަފުންނަށް ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންމި ސަރުކާރުން އިމާރާތް ކުރާ ފްލެޓްތައް ދޫކުރާއިރު އެއްވެސް ނުފޫޒެއް ނޯންނާނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒުއަށް އަރުވަން ފާސްކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންއެމްޑީޕީ ސަރުކާރުން އެސްބީއައިއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިޚަބަރު | 14 ގަޑިއިރު ކުރިން