logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭނުންވަނީ ސަރުކާރު މުވައްޒަފުންނަށް ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2026 - 19:13
ބޭނުންވަނީ ސަރުކާރު މުވައްޒަފުންނަށް ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް

ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނައިރު ކުރީން ލިބުނު މުސާރައަށް ވުރެ ކުޑަ މުސާރައެއް ލިބިގެން ނުވާނެ ކަމަށާއި، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ހުރިހާ މުވައްޒަފުންނަށް ވެސް ލިބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 'ރައްޔިތުންގެ އަޑު' ޕްރޮގްރާމުގައި އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ. އެގޮތުން އައިޖީއެމްއެޗްގައި މަސައްކަތް ކުރާތާ ގިނަ ދުވަސްވީ މުވައްޒަފަކު ވަނީ މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމާ ގުޅިގެން ބައެއް މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އާމްދަނީ ކުރިއަށްވުރެ މަދުވެފައިވާކަން ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަން އެގޮތަށް ވެގެން ނުވާނެ ކަމަށާއި، އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ކުރީން ލިބުނު މުސާރައަށް ވުރެ ބޮޑު މުސާރައެއް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި މި މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން މި މައްސަލައިގެ ކަންބޮޑުވުންތައް ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ "އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒަފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން،" ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުންވަނީ ސަރުކާރު މުވައްޒަފުންނަށް ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންމި ސަރުކާރުން އިމާރާތް ކުރާ ފްލެޓްތައް ދޫކުރާއިރު އެއްވެސް ނުފޫޒެއް ނޯންނާނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒުއަށް އަރުވަން ފާސްކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންއެމްޑީޕީ ސަރުކާރުން އެސްބީއައިއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިޚަބަރު | 14 ގަޑިއިރު ކުރިން