logo
MPL

MPL

ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަނީ ޝުކުރު ޙައްޤު މަސައްކަތްތަކެއް - ޗަމްޕާ އުއްޗު

އަޙްމަދު ޒަލީފް
21 އޮކްޓޯބަރު 2024 - 11:42
ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަނީ ޝުކުރު ޙައްޤު މަސައްކަތްތަކެއް - ޗަމްޕާ އުއްޗު

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރާމަސައްކަތައް ޝުކުރު ހައްޤުކަމަށް ޗަމްޕާ ބްރަދާރސްގެ ޗެއާރމަން މުހައްމަދު މޫސާ( އުއްޗު) ވިދާޅުވެއްޖެއެވެ.

މުޙައްމަދު މޫސާ މިހެން ވިދާޅުވީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއިން ދޭ "ފޭސް އޮފް ސައުތު އޭޝިއާ" އެވޯޑާއި ހަވާލުވެވަޑައިގަތުމަށްފަހު ދަޢުލަތުގެ މީޑިޔާއަށް ދެއްވި ޚާއްޞަ އިންޓަރވިއުގައެވެ.

ޗަމްޕަރ ބްރަދާރސްގެ ޗެއާރމަން މުހައްމަދު މޫސާ( އުއްޗު) ވިދާޅުވީ ފަތުރުވެރިކަމުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބަތަކީ ވަރަށް ބުރަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީތަކެއްކަމަށެވެ. އެ ކާމިޔާބީތައް ހާސިލުކުރުމުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ހޭދައެއްކޮށްފައިވާކަން ފާހަގަކުރައްވާ މުޙައްމަދު މޫސާ ވިދާޅުވީ، ރިސޯޓްތައް ތަރައްޤީކޮށްފައިވަނީ ރާއްޖޭގެ ބޭންކުތަކުންނާއި ރާއްޖޭން ބޭރުގެ ތަންތަނުން ލޯނުނަގައިގެން ކަމަށެވެ.

އެ ލޯނުތަކަކީ އަނބުރާ ދައްކަންޖެހޭ ލޯނުތައްކަން ފާހަގަކުރައްވާ މުޙައްމަދު މޫސާ ވިދާޅުވީ އެކަމާއި ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭކަމަށާއި، މިދާއިރާއިން ލިބޭހާ ފައިސާ ރާއްޖެއިން ބޭރައް ގެންދަނީކަމަށް ބުނެ ވާހަކަ ދައްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ވަނީ އެހެން ނޫންކަމަށާއި،އެ ފައިސާއަކީ ބޭރު ޤައުމުތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ފޮނުވާ ފައިސާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މި ސަރުކާރުން ކުރައްވަމުން ގެންދަވާ ގެންދަވާ މަސައްކަތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރާއްޖޭގެ ފަތުރުވެރިމުގެ ބާނީ ޗަންޕާ މުހައްމަދު މޫސާ ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޝުކުރު ހައްޤު މަސައްކަތެއްކަމަށްވެސް މުހައްމަދު މޫސާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 16 ދުވަސް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | މަހެއް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | މަހެއް ކުރިން