logo
Bank of Maldives

Bank of Maldives

ޚަބަރު

ނިއޯނޭޓަލް ކެއަރއަކީ މުޅި އުމުރުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ފަރުވާއެއް: މިނިސްޓަރު ޤީލާ

އައިޝަތު އިނާޝާ
21 ސެޕްޓެމްބަރު 2026 - 12:44
ނިއޯނޭޓަލް ކެއަރއަކީ މުޅި އުމުރުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ފަރުވާއެއް: މިނިސްޓަރު ޤީލާ

އަލަށް އުފަންވާ ކުދިންނަށް ދެވޭ "ނިއޯނޭޓަލް ކެއަރ" އަކީ ހަމައެކަނި ފުރާނަ ސަލާމަތްކުރުމުގެ ފަރުވާއެއް ނޫންކަމަށާއި، އެއީ އެ ކުދިންގެ މުޅި އުމުރުގެ ދުޅަހެޔޮކަމުގެ ބިންގާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދު ފެށި "ނިއޯކެއަރ ކޮންފަރެންސް" ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖޯގްރަފީގެ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ނިއޯކެއަރ ކޮންފަރެންސް ފަދަ ކޮންފަރެންސްތަކުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ގުޅުން ބަދަހިވެ، މުޅި ރާއްޖެއަށް ހޭލުންތެރި ޚިދުމަތްތެރިން ބިނާކުރެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި މި ޚިދުމަތްތައް ސަތޭކަ އިންސައްތަ ޤާއިމުވެފައި ނެތް ނަމަވެސް، ޓަރޝަރީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ބޭނުންވާ ފަންނީ އިރުޝާދު ދެވެމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވިގޮތުގައި މިފަދަ ތަމްރީނުތަކަކީ އެއްފަހަރު ތަމްރީނުކޮށްލުމަށްފަހު ދޫކޮށްލެވޭނެ ދާއިރާއެއް ނޫން ކަމަށެވެ. ވިދާޅުވީ ދާއިމީ ތަމްރީނު ސިއްޙީ އެހީތެރިންނަށް އަބަދުވެސް ބޭނުންވާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފަރުވާއަށްފަހު ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލުމަކުން ސިއްޙީ އެހީތެރިންގެ ޒިންމާ ނުނިމޭނެ ކަމަށާއި ކުއްޖާގެ ފޮލޯއަޕް ބެލެހެއްޓުމާއި އާއިލާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ޚިދުމަތުގެ މުހިންމު ބައެކެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕޭއިޑެން ވިދާޅުވީ ސިއްޙީ ދައިރާއިން ރާއްޖެއިން ކުރިއެރުން ހޯދަމުންދާކަމަށެވެ. ވަކިން ޚާއްސަކޮށް ދަރިމައިވުމުގެ ދާއިރާއިން މުހިއްމު ކުރިއެރުންތަކެއް ބައިނަލްއަޤުވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ރާއްޖެއިން ޙާސިލުކޮށްފައިވާކަމަށް ސަފީރު ޕޭއިޑެން ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއޯނޭޓަލް ކެއަރއަކީ މުޅި އުމުރުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ފަރުވާއެއް: މިނިސްޓަރު ޤީލާ ޚަބަރު | 2 ގަޑިއިރު ކުރިން