logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރުމަކީ އެންމެ ބޮޑު އަމާޒު: އަލީ ޒަރީރު

އަޙުމަދު ރިޝާން
22 ސެޕްޓެމްބަރު 2026 - 06:55
ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރުމަކީ އެންމެ ބޮޑު އަމާޒު: އަލީ ޒަރީރު

ސްޓެލްކޯގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރަމުންދާއިރު، ރަށްރަށުގައި ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒުކަމަށް މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅާއި، ޅ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. ހުރާގައި އަލަށް ޚިދުމަތްދޭން ފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުންނާއި އިންޖީނުގެތަކާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ސްޓެލްކޯއަކީ ޤައުމީ ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއްގެ މަތިން، ސްޓެލްކޯއިން ދެމުންދާ ޔުޓީލިޓީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ޤައުމީ ފެންވަރުގައި ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށާއި، މިއީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތުގެ ތެރެއިން ޚަރަދުކުރެވޭ މިންވަރު ކުޑަކޮށް، އޮޕަރޭޝަނަލް އެފިޝަންސީ އިތުރުކުރުމަކީ ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ބޮޑު ކާމިޔާބެއް ކަމަށް ވިދާޅުވަމުން، ޑރ. އަޒުވަރުވަނީ ސްޓެލްކޯގެ 75 އަހަރުގެ ދިގު ތާރީޚުގައި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އަލަށް ޚިދުމަތް ފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުން ވެސް އެ ރީތި ނަން ދަމަހައްޓައި، ރައްޔިތުންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންވި އެވެ.

 މި މަހުގެ 20 އިން 22 އަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ އަލަށް ހަމަޖެއްސި ރަށްތައް މެނޭޖަރުންނާއި އިސްވެރިންނަކީ ކުންފުނީގެ ޤަވާޢިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް، ފުރިހަމަ އިތުބާރާއި ޒިންމާދާރުކަމާއެކު އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ. މިގޮތުން މެނޭޖަރުންގެ ޒިންމާތަކާއި، އިދާރީ، ޓެކްނިކަލް، މާލީ އަދި އޮޕަރޭޝަނަލް ކަންކަމާ ގުޅޭ މުހިންމު އިރުޝާދުތައް މި ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދީފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރުމަކީ އެންމެ ބޮޑު އަމާޒު: އަލީ ޒަރީރުޚަބަރު | ގަޑިއިރެއް ކުރިންމުޅި ރާއްޖޭގެ ޔޫޓިލިޓީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސާވޭކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިޚަބަރު | 5 ދުވަސް ކުރިން މި މަހު އެކި ދުވަސްތަކުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިދާނެޚަބަރު | 2 މަސް ކުރިންމ. އަތޮޅުގެ 7 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެވިޔަފާރި | 3 މަސް ކުރިން