logo
Bank of Maldives

Bank of Maldives

ޚަބަރު

ފަޅުރަށް ހޯދުމަށް ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ވަޒަންކުރަން ފަށައިފި

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2024 - 11:50
ކައުންސިލްތަކަށް އަންނަ މަހުގެ ކުރީ ކޮޅު ފަޅު ރަސް ލިބޭނެކަމަށް ވުޒާރާއިން އުއްމީދުކުރޭ
ކައުންސިލްތަކަށް އަންނަ މަހުގެ ކުރީ ކޮޅު ފަޅު ރަސް ލިބޭނެކަމަށް ވުޒާރާއިން އުއްމީދުކުރޭ

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުމަށް ފަޅުރަށެއް ހޯދާދިނުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް ވަޒަންކުރުމުގެ މަސައްކަތް ރަސްމީކޮށް ފަަށައިފިއެވެ.

މިކަން ހާމަކޮށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނީ ޕްރޮޕޯސަލްތައް ވަޒަންކުރަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ރަސްމިއްޔާތެއް ބޭއްވިފައިވާކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތަކަށް ފަޅުރަށެއް ލިބޭ ގޮތް ވުމަކީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރިވުމުގެ އިތުރުން، އެ ރަށެއްގެ ރައްޔިތުންގެ އުފާފާގަތި ކަމަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ބާރެއް ކަމަށް ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ވަޒަންކުރަން ފެށުނު 4 ޕްރޮޕޯސަލް ވަޒަންކޮށް ނިމި، މިހާތަނަށް ފަޅުރަށް ހޯދުމަށް އެދުނު 4 ކައުންސިލަށް އަންނަ މަހުގެ ކުރީ ކޮޅު އެ ރަށްތައް ލިބޭ ވަރު ވާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފްޚަބަރު | މަހެއް ކުރިންމާފުށީގެ ތަރައްގީގެ މަސައްކަތަށް ކައުންސިލުން ބަނދެފައިވާ ސޭންޑު ބާޖު އިފްތިތާޙްކޮށްފިޚަބަރު | މަހެއް ކުރިންމޫސުން ގޯސްވުން: ރައްޔިތުންގެ ހާލު ގާތުން ބެލުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށްފި ޚަބަރު | 3 މަސް ކުރިންކުލަބް އެމްސީއެލްޕީގެ ފުރަތަމަ ގޭމިންގ ނައިޓް ނިންމާލައިފިކުޅިވަރު | 4 މަސް ކުރިން