logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުލަބް އެމްސީއެލްޕީގެ ފުރަތަމަ ގޭމިންގ ނައިޓް ނިންމާލައިފި

އަބްދުﷲ ޣާނިމް
24 ޖޫން 2025 - 08:14
މުބާރާޓުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: ކުލަބް އެމްސީއެލްޕީ
މުބާރާޓުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: ކުލަބް އެމްސީއެލްޕީ

ކުލަބް އެމްސީއެލްޕީގެ ފުރަތަމަ ގޭމިންގ ނައިޓް ރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ގޭމިންގ ނައިޓް ފައްޓަވައިދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ވާދަކުރެއްވި ޓޭބަލް ޓެނިސް މެޗަކުންނެވެ. މި މެޗުގައި ދެ ސެޓް އެއް ސެޓުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ކާމިޔާބުކޮށްފައެވެ.

ރޭ ބޭއްވުނު ގޭމިންގ ނައިޓްގައި ކުލަބުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ޗެސް މުބާރާތުގެ ފައިނަލްގައި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ވަޙީދު ޢަލީއާއި، ޑެޕިޔުޓީ މިނިސްޓަރ އިސްމާޢީލް ނާފިޢު ވާދަކުރެއްވި މެޗު ކާމިޔާބުކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިސްމާޢީލް ނާފިޢުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލްގައި އޮފީސް އެސިސްޓެންޓް އަޙްމަދު ޙިލްމީއާއި، ޑެޕިޔުޓީ މިނިސްޓަރ ޙަސަން އިރުފާން ވާދަކުރެއްވި މެޗު ކާމިޔާބުކުރީ އަޙްމަދު ޙިލްމީއެވެ. އަދި ކެރަމް މުބާރާތުގެ ފައިނަލްގައި ޑިރެކްޓަރ ނަޝާޔާ ވަޙީދާއި، ލޭބަރ ޢުބައިދުﷲ ޢުމަރު ވާދަކުރެއްވި މެޗު ކާމިޔާބުކުރީ ޢުބައިދުﷲ ޢުމަރުއެވެ.

511156138_122124168044843184_848604313649449087_n.jpg

މުބާރާތުގައި ވަނަވަނައަށް ދިޔަ ފަރާތްތައް- ފޮޓޯ: އެމްސީއެލްޕީ

510568812_122124168302843184_5508642713095168400_n.jpg

މުބާރާތުގައި ވަނަވަނައަށް ދިޔަ ފަރާތްތައް- ފޮޓޯ: އެމްސީއެލްޕީ

510973055_122124168500843184_1828271974474455024_n.jpg

މުބާރާތުގައި ވަނަވަނައަށް ދިޔަ ފަރާތްތައް- ފޮޓޯ: އެމްސީއެލްޕީ

 

މުބާރާތްތަކުގައި ވާދަކޮށް މޮޅުވި ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. ގޭމިންގ ނައިޓުގެ ނަތީޖާ އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުލަބް އެމްސީއެލްޕީގެ ރައީސް، ޑިރެކްޓަރ ޖެނެރަލް އަޙްމަދު މައުޞޫމް ވިދާޅުވީ މިފަދަ ގޭމިންގ ނައިޓެއް މަހަކު އެއްފަހަރު ބޭއްވުމަށް ޚިޔާލުކުރައްވާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވުން: ރައްޔިތުންގެ ހާލު ގާތުން ބެލުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށްފި ޚަބަރު | 3 މަސް ކުރިންކުލަބް އެމްސީއެލްޕީގެ ފުރަތަމަ ގޭމިންގ ނައިޓް ނިންމާލައިފިކުޅިވަރު | 4 މަސް ކުރިންހުޅުދުއްފާރަކީ ތަފާތު އެތައް ހަނދާންތަކާ ގުޅިފައިވާ ރަށެއް: މިނިސްޓަރ އާދަމް ޝަރީފުޚަބަރު | 6 މަސް ކުރިންފަޅުރަށް ހޯދުމަށް ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ވަޒަންކުރަން ފަށައިފި ޚަބަރު | އަހަރެއް ކުރިން