މޫސުން ގޯސްވުން: ރައްޔިތުންގެ ހާލު ގާތުން ބެލުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށްފި
17 ޖުލައި 2025 - 10:56

ކުރިއަށްއޮތީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ރައްޔިތުންގެ ހާލު ގާތުން ބެލުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައިބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޫސުމާބެހޭގޮތުން މެޓް އޮފިހާއި ސަރުކާރުގެ އެކި އިދާރާތަކުން ދެއްވާ އިރުޝާދާއި އެއްގޮތަށް ރައްޔިތުން އަމަލުކުރައްވަމުންގެންދަވާކަން ކަށަވަރު ކުރުމަކީ ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގުން މަދުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށެވެ. އަދި މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ދުރާލާ ތައްޔާރުވުމުގެ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation
ހާއްސަކޮށް މޫސުން ގޯސްވެދާނެކަމުގެ އިންޒާރު ދީފައިވާ ދުވަސްތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރެއްވުމަށް ހިތްވަރު ދެއްވުމާއި، ކޮންމެހެން ކުރަންޖެހޭ ދަތުުރުތައް ކުރާއިރު ވެސް، ދަތުރުކުރާ ފަރާތްތަކާއި އުޅަނދުތަކުން ސަލާމަތީގޮތުން ރައްކާތެރި ފިޔަވަޅުތައް އަޅާކަން ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ދުރާލާ ތައްޔާރުވުމުގެ މަސައްކަތްތައް އިތުރުކުރުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޫސުމާބެހޭގޮތުން ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތުން ރައްޔިތުން އަމަލު ކުރައްވަމުންގެންދަވަކަން ކަށަވަރު ކުރުމުގައި ރައްޔިތުންނާ ގުޅިގެން ކައުސިލްތަކުން ކުރަންޖެހޭ ކަންކަންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ވުޒާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.


