logo
Bank of Maldives

Bank of Maldives

ޚަބަރު

ހުތުބާ: ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން

އައިޝަތު އިނާޝާ
25 ސެޕްޓެމްބަރު 2026 - 07:27
ހުތުބާ: ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން

ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގާ ކަމަށާއި ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ އިސްލާމީ ޢަޤީދާގެ މުހިންމުކަން މިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުތުބާގައި ބުނީ މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތް ކަމަށެވެ. ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގާ ކަން ފާހަގަކޮށް ހުތުބާގައި ބުނީ އެންމެންވެސް، ހަމަޖެހުމާއި އުފާވެރިކަމަށް އެދޭ ކަމަށެވެ.

ނަމަވެސް، ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން: ހުތުބާ

ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ މާތް ﷲގެ ރަސޫލުންނާއި ނަބިއްޔުންނަށް ކަން ފާހަގަކޮށް ހުތުބާގައި ބުނީ ޚާއްޞަކޮށް، މި އުންމަތުގެ މާތް ނަބިއްޔާއަށް އެތައް ދަތިތަކަކާއި ތަކުލީފުތަކަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތް ކަމަށެވެ. އެކަލޭގެފާނަށް އަނިޔާވެރިކަމާއި ފުރައްސާރައާ ކުރިމަތިލައްވާން ޖެހިވަޑައިގަތް ކަމަށާއި އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބޭފުޅުން ވަކިވެދިޔުމުގެ ހިތާމަ ތަޙައްމަލުކުރެއްވި ކަމަށެވެ. އަދި ބަނޑުހައިހޫނުކަމާއި ފަޤީރުކަމުގެ ދަތިކަންވެސް ތަޖުރިބާކުރެއްވި ކަމަށެވެ. އެހެންނަމަވެސް، އެކަލޭގެފާނު ދެމިހުންނެވީ ކެތްތެރިކަމާއެކު މާތް ﷲގެ މިންވަރުފުޅަށް ރުހިވަޑައިގެންވާ ޙާލުގައިކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

ހުތބާގައި ވަނީ ބާއްޖަވެރިކަމާ ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، އުޚުރަވީ ޙަޔާތް ވިއްކައިލަނީ ކިތައްމީހުންތޯ ސުވާކޮށްފައެވެ.

ހުތުބާގައި ވަނީ ދުންޔަވީ ޙަޔާތް ފާގަތިކުރުމަށާއި، މުދަލާއި ދަރީންގެ މުސްތަޤުބަލަށް ޓަކައި މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށް ޓަކައި އަހަރެމެންގެ ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުތުބާ: ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެންޚަބަރު | 2 ގަޑިއިރު ކުރިން ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހޭ: ހުތުބާޚަބަރު | 7 ދުވަސް ކުރިން ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް: ހުތުބާޚަބަރު | 14 ދުވަސް ކުރިންކުޑަކުދީންނަށް އެކި އަނިޔާކުރާ މީހުން މި މުޖުތަމަޢުގައި އުޅުމަކީ ހިތާމަހުރިކަމެއް: ހުތުބާޚަބަރު | 21 ދުވަސް ކުރިން