logo
Bank of Maldives

Bank of Maldives

ޚަބަރު

މަތީ ސާނަވީ އިމްތިހާނުން ފަހުރުވެރި، ރަނގަޅު ނަތީޖާތަކެއް ކުދިން ހޯދައިދޭނެ: މެޑަމް

އަޙުމަދު ރިޝާން
27 ސެޕްޓެމްބަރު 2026 - 05:22
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު -- ފޮޓޯ/ ދައުލަތުގެ މީޑިއާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު -- ފޮޓޯ/ ދައުލަތުގެ މީޑިއާ

މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވައިފި އެވެ.

 އެކަމަނާ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ. މި ޕޯސްޓުގައި އެކަމަނާ ވިދާޅުވީ މިއަދު ފަށާ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ކުއްޖެއްގެ ކިބައިންވެސް ޤައުމުކުރަނީ ވަރަށް ފޮނި އުއްމީދުތަކެއް ކުރާ ކަމަށެވެ. އަދި އެ ދަރިވަރުންގެ ކިބައިން ގައުމަށް ލިބޭނެ ކުރިއެރުމާއި ކާމިޔާބީއަށް މުޅި ގައުމުވެސް އިންތިޒާރުކުރާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

 އިމްތިހާނާ ކުރިމަތިލާ ކުދިންނަށް ހެޔޮ ދުއާކުރައްވަމުން، މާތްﷲގެ ހެޔޮ ރަހުމަތްފުޅުން ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވައި، ތޫނުފިލިކަން އިތުރުކުރައްވައި، އިމްތިހާނުގެ ސުވާލުތަކަށް ޖަވާބުދިނުން ފަސޭހަކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

 ދަރިވަރުންގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މި އިމްތިހާނުން ބެލެނިވެރިންނާއި މުދައްރިސުން ފަހުރުވެރިވާނެފަދަ ރަނގަޅު ނަތީޖާތަކެއް ހޯދައިދޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އަދި މިއީ ކުދިންގެ އުޖާލާ މުސްތަގުބަލަކަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅަކަށް ވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

 މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 53 ސެންޓަރަކުން 4,973 ދަރިވަރުން އޭ-ލެވެލް އިމްތިޙާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، 2,263 ދަރިވަރުން ވަނީ އެޗް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވުމަށް ހަމަޖެހިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަތީ ސާނަވީ އިމްތިހާނުން ފަހުރުވެރި، ރަނގަޅު ނަތީޖާތަކެއް ކުދިން ހޯދައިދޭނެ: މެޑަމްޚަބަރު | ގަޑިއިރެއް ކުރިންނިއޯނޭޓަލް ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، ޒަމާނީ އާލަތްތަކާ އެކު މީހުން ބިނާ ކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 6 ދުވަސް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިންއަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް: މެޑަމް ސާޖިދާޚަބަރު | 5 މަސް ކުރިން