logo
Bank of Maldives

Bank of Maldives

ޚަބަރު

ޚަރަދު ކުރާނެ މިންވަރަށް ފައިސާ ނުހިމަނާ ބަޖެޓްގައި ޕްރޮޖެކްޓްތައް ޖެހުމަކީ ކަންބޮޑުވުމެއް: އަނާރާ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2024 - 15:46
ޚަރަދު ކުރާނެ މިންވަރަށް ފައިސާ ނުހިމަނާ ބަޖެޓްގައި ޕްރޮޖެކްޓްތައް ޖެހުމަކީ ކަންބޮޑުވުމެއް: އަނާރާ

ޚަރަދު ކުރާނެ މިންވަރަށް ފައިސާ ނުހިމަނާ ބަޖެޓްގައި ޕްރޮޖެކްޓްތައް ޖެހުމަކީ ކަންބޮޑުވުމެއްކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2025 ވަނަ އަހަރުގެ ބަޖެޓު ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރު ހުށަހެޅިގެން ދާނީ 20 ވަނަ މަޖިލީހުން ފާސްކުރާނެ ފުރަތަމަ ބަޖެޓްކަން ފާހަގަކުރަށްވައި އަނާރާ ވިދާޅުވީ، މެންބަރުންގެ ދާއިރާތަކަށް ކަންކަން ހިމެނެއްވުމަށް އެ ބަޖެޓު އަންނައިރު ޙަޤީޤަތުގައި ހުރިހާ މެންބަރުން ވެސް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

''އަޅުގަނޑު ވަރަށް ބޮޑަށް އު އްމީދުކުރަން މި ފަހަރު ބަޖެޓު އަންނައިރު ވެސް ދާއިރާތަކަށް އެންމެ މުހިންމު ކަންކަން މެންބަރުންނާ މަޝްވަރާކުރެވިގެން، ހިމެނިގެންދާނެ ކަމަށް ދައުލަތުގެ ބަޖެޓުގައ.ި ހަމަ އެގޮތަށް އެކަށީގެންވާ އަދަދަކަށް އެ މަސައްކަތް ނިންމުމަށް ފައިސާ ވެސް އެކުލެވިގެންދާނެ ކަމަށް އުއްމީދުކުރަން'' އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުން ވެސް ފެނިގެން ދަނީ ވަރަށް ބައިވަރު ޕްރޮޖެކްޓުތަކެއް ޖަހާފައި އެހެންނަމަވެސް އެ ޕްރޮޖެކްޓްތަކަށް ޚަރަދުކުރާނެ މިންވަރަށް ފައިސާއެއް ހިމެނިފައިނުވާތަން ކަމަށެވެ.

'' އެހެންކަމުން ވަރަށް ގިނަ ޕްރޮޖެކްޓްތައް ހުއްޓެން މެދުވެރިވޭ ހަމަ އަހަރުގެ މެދުތެރެއިން، އެއީ އަސްލު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑު ވުމެއް'' އަނާރާ ވިދާޅުވެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާންމު އިޖުތިމާއީ މިންގަޑާއި ޚިލާފުވާކަތައް ސިޔާސީ އެއްވުންތަކުން އިވެމުންދާކަމީ ހިތާމަހުރިކަމެއް: އަނާރާޚަބަރު | 2 ގަޑިއިރު ކުރިންފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު އިތުރުކުރަން ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 5 މަސް ކުރިންޚަރަދު ކުރާނެ މިންވަރަށް ފައިސާ ނުހިމަނާ ބަޖެޓްގައި ޕްރޮޖެކްޓްތައް ޖެހުމަކީ ކަންބޮޑުވުމެއް: އަނާރާޚަބަރު | 2 އަހަރު ކުރިންޚިޔާނާތްވާ ފައިސާ ހޯދުމަށް މަސައްކަތް ކުރާނަމަ އެފަދަ ކަންކަން މަދުވެގެންދާނެ: އަނާރާޚަބަރު | 2 އަހަރު ކުރިން