logo
MPL

MPL

ޚަބަރު

އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ރާއްޖެ ވަޑައިގަންނަވަނީ

އައިޝަތު ނަޝާ
7 އޮކްޓޯބަރު 2026 - 10:29
 އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ރާއްޖެ ވަޑައިގަންނަވަނީ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު މާދަމާ ރާއްޖެ ވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މެންދުރު ޓީވީ އަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އަލައްބާރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށާއި،އަދި އަލައްބާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލައްްބާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ނަން މަޝްހޫރު ބައެއް މީޑިއާތަކާ ބައްދަލުކޮށް، ބައެއް މީޑިއާތަކަށް ހާއްސަ ބަސްދީގަތުން ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން، މި ދަތުރުފުޅުގައި އަލައްބާޜު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރުމުގެ އިތުރުން، މީޑިއާތަކާއި ވިޔަފާވެރިންނާއެކު ހާއްސަ ފަރިކޮޅެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަލައްބާރަކީ ޔޫއޭއީއަށް ނިސްބަތްވާ، ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު ބިލިއަނަރެއް އަދި ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ”ބުރުޖް ޚަލީފާ“ އާއި މަޝްހޫރު ”ދުބާއީ މޯލް“ ބިނާކުރި އީމާރް ޕްރޮޕަޓީޒްގެ ވެސް ބާނީއެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއާ ގުޅޭ ގޮތުން މީގެކުރިން އާންމުކުރެއްވި ވީޑިއޯއެއްގައި އަލައްބާރު ވިދާޅުވީ، މި މަޝްރޫއިން ލިބޭ އާމްދަނީއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ރަނގަޅު އެއް ފައިދާއަށްވުން އެކަށީގެންވާކަމަށެވެ.

އަދި ރާއްޖޭގެ ތާރީހުގައި ކުރާ އެންމެ ބޮޑު އިންވެސްޓްމެންޓާއެކު އެ ކުންފުންޏަށް ދިވެހިން އިތުބާރުކޮށްފައިވާ ކަމަށާއި މިއީ ލިބޭ ޝަރަފެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓްގެ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލައްބާރު އެވެ.
މި މަޝްރޫއުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓްތައް އަދި މަތީ ފަންތީގެ ބްރޭންޑަޑް ރެޒިޑެންސީވެސް ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 2 ގަޑިއިރު ކުރިންރަސްމާލެ މަޝްރޫއު ތަރައްގީކުރާ މުއްދަތުގައި 11 ބިލިއަން ޑޮލަރު ލިބޭނެޚަބަރު | 7 ދުވަސް ކުރިން