logo
MPL

MPL

ޚަބަރު

އީގަލް ހިލްސްގެ ޗެއާމަނަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް: ރައީސް ނަޝީދު

އަޙުމަދު ރިޝާން
22 އޮކްޓޯބަރު 2026 - 13:03
އީގަލް ހިލްސްގެ ޗެއާމަނަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް: ރައީސް ނަޝީދު


ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އެފަދަ އަމަލުތަކުގެ ސަބަބުން މިހާރު ރާއްޖޭގައި ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަންނާނެ ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތާ ދެކޮޅަށް މެންބަރުން ވާހަކަނުދެއްކުމަށް އެ މެސެޖުގައި ނުސީދާކޮށް އިލްތިމާސްކުރައްވާފައިވެ އެވެ. އެގޮތުން، ކުރިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދެއްކެވުމުން ކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމާލެ މަޝްރޫއާ މެދު ރައީސް ނަޝީދު ދެކަވަޑައިގަންނަވާ ގޮތްވެސް ވަނީ ކުރިން ހާމަކުރައްވާފަ އެވެ. އެގޮތުން އެ މަޝްރޫއު ހިންގުމާ ދެކޮޅު ނޫން ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ކަންބޮޑުވުމަކީ މާލެ ސަރަހައްދުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މި މަޝްރޫއުއާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، އީގަލް ހިލްސްގެ މުއާމަލާތާ ގުޅޭގޮތުން އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރި ކަމަށް ބުނެ، އެކަންކަން ސާފުކުރުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީގަލް ހިލްސްގެ ޗެއާމަނަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް: ރައީސް ނަޝީދުޚަބަރު | 2 ގަޑިއިރު ކުރިންއީގަލް ހިލްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުގެ ކުރެހުންތައް ދައްކާލައިފިޚަބަރު | 12 ދުވަސް ކުރިން އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 15 ދުވަސް ކުރިންރަސްމާލެ މަޝްރޫއު ތަރައްގީކުރާ މުއްދަތުގައި 11 ބިލިއަން ޑޮލަރު ލިބޭނެޚަބަރު | 22 ދުވަސް ކުރިން