logo
MPL

MPL

ކުޅިވަރު

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔަކަށް އިންމި

އަބްދުﷲ ޣާނިމް
8 އޮކްޓޯބަރު 2026 - 17:31
އެންމެ މޮޅުފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމްހޯދި އައިހަމް . ފޮޓޯ: މިހާރު
އެންމެ މޮޅުފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމްހޯދި އައިހަމް . ފޮޓޯ: މިހާރު

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވޯޑްސް ހަފްލާގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ގައުމީ ޓީމުގެ ތަރި އަހުމަދު އައިހަމް (ފަތޯ) ހޯދައިފި އެވެ. މީގެ އިތުރުން، އެފްއޭއެމް އިން އަލަށް ތައާރަފްކޮށް ފުރަތަމަ ފަހަރަށް ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑަށް ގައުމީ ފުޓްސަލް ޓީމުގެ ފާހަގަކޮށްލެވޭ ފަސް ކުޅުންތެރިއަކު ވާދަކުރި އެވެ. އެއީ އިންމިގެ އިތުރުން އަހުމަދު ހަމީދު (އައްމަޑޭ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަހުމަދު (އަސޫ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެވޯޑް ހާސިލްކުރި އިންމި އަކީ މި އަހަރުގެ ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު ޓީމުގެ ކެޕްޓަނެވެ. އަދި އެ މުބާރާތުގައި އިންޑިވިޖުއަލް ކުޅުމަށް ބަލާއިރު އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ވެސް އިންމި އެވެ.

މި ހަފްލާގައި ރާއްޖޭގެ ފުޓްބޯޅައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ ހަނދާން އާކޮށް، އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް ވެސް ވަނީ އަރުވާފަ އެވެ. އެގޮތުން، މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ގެ އިތުރުން، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ކުރީގެ ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ) ގެ ހަނދާނުގައި މި އެވޯޑް ވަނީ ދީފަ އެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔަކަށް އިންމިކުޅިވަރު | ގަޑިއިރެއް ކުރިންއޭއެފްސީއަށް އެފްއޭއެމްއިން ދައްކަންޖެހޭ ޖޫރިމަނާ މާފުކޮށް ސަސްޕެންޝަން އުވާލައިފިކުޅިވަރު | 12 ދުވަސް ކުރިންމާރާމާރީތަކާއެކު ބިރުދައްކައި މަދުބަޔަކު ރާއްޖޭގެ ފުޓްބޯޅަ ހަލާކުކުރަނީ! އެޅޭނެ ފިޔަވަޅެއްވެސް ނެތް؟ރިޕޯޓް | 20 ދުވަސް ކުރިންއެފްއޭއެމްގެ 14 އަހަރުން ދަށުގެ މުބާރާތުގެ ޗެންޕިއަންޝިޕްގެ ގުރުލައިފިކުޅިވަރު | 9 މަސް ކުރިން