އަދަދުނޫހުގެ ވެރިންނަކީ ދޮގު ޚަބަރު ފަތުރައިން ހޯދާ ނުހައްގު ފައިސާއިން ކައިބޮއެއުޅޭބައެއް: ފަލާހް
9 އޮކްޓޯބަރު 2026 - 13:24

އަދަދު ނޫހުގެ ވެރިންނާއި ލިޔުންތެރިންނަކީ ދޮގު ޚަބަރާއި އަދި ދޮގު މަޢުލޫމާތު ފަތުރައިގެން ހޯދާ ނުހައްގު ފައިސާއިން ކައިބޮއި އުޅޭ ބައެއް ކަމަށް ޕީއެންސީގެ ޕާލްމެންްރީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިފަދައިން ވިދާޅުވީ،އަދަދު ނޫހުން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެން،މާލެ ކައިރި ރިސޯޓެއްގައި ޕީއެންސީގެ މެމްބަރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ލިޔުނު ޚަބަރަކަށް ރައްދު ދެއްވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އަދަދު ނޫހުގެ ޚަބަރުގައި ވަނީ، މުހައްމަދު އަލައްބާރު ދެއްވާ މައުލޫމާތަކީ މި މަޝްރޫއުގެ އިންސާފުވެރިކަމާއި އިޤްތިސާދީ ފައިދާ ސާބިތުކޮށްދޭ މައުލޫމާތުތަކެއް ނަމަ، މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފެންނަ ގޮތަށް އެކަންކަން ހާމަކުރަން ފަސްޖެހެންޖެހޭ ސަބަބެއް ނެތްކަމަށެވެ.އަދި އެ މައުލޫމާތުތައް ހަމައެކަނި ރިސޯޓެއްގައި ބާއްވާ ސިޔާސީ ބައްދަލުވުމަކަށް ހަނިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެ ޚަބަރުގައި ވަނީ ބުނެފައެވެ.
އަދަދު ނޫހުގެ މި ޚަބަރަށް ރައްދު ދެއްވާ ފަލާހް ވިދާޅުވީ، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ އެއްވެސް އިންވެސްޓަރަކާއި ބައްދަލުކޮށް ކައިބޮއެ މަޝްވަރާކޮށްފައެއް ނުވާނެކަމަށާއި،މިއީ ދޮގު ޚަބަރެއް ކަމަށެވެ. އަދި މި ޚަބަރުން ވެސް އަންގައިދެނީ އަދަދު ނޫހުން ހަޤީގަތާ ޚިލާފު ދޮގު ޚަބަރު ފަތުރާކަމެވެ.
"އަދަދުނޫހަކީ މިޤަޢުމު ފަސާދަކުރުމުގައި ނަމޫނާދައްކާނޫހެއް. ތަނެއްދޮރެއް ބެލުމެއްނެތި މިނޫނަސް ދުނިޔެއެއް އޮތަކަންވެސް ބަލާލުމެއްނެތި މިހިރަ ފަތުރާ ނުބައި ދޮގުވާހަކަ ބަލާބަލަ "ފަލާހް ވިދާޅުވިއެވެ.
ފަލާހް މީގެ ދުވަސް ކޮޅެއް ކުރިން ވެސް ވަނީ،ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކިތަންމެ ދޮގެއް ފެތުރި ނަމަވެސް ރައްޔިތުން އެ ދޮގުތަކުގައި ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
