logo
MPL

MPL

ޚަބަރު

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެ

އައިޝަތު ނަޝާއައިޝަތު ނަޝާ
9 އޮކްޓޯބަރު 2026 - 14:53
ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެ

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.

އެރަށުގެ ޚިދުމަތްތަކާއި ހަވާލުވުމާއެކު، އެކުންފުނިން ވަނީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައިވެސް މި ޚިދުމަތްތައް ދޭން ފަށާފައެވެ.

ސްޓެލްކޯއިން އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ދިނުމާއި ހަވާލުވުމަށް ކުރަމުންދާ ދަތުރުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ ބައެއް އިސްވެރިން ދަނީ އެއަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. މިގޮތުން ތުރާކުނު އިންޖީނުގޭގައި ވަނީ، ސްޓެލްކޯގެ ދިދަ ނެގުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތުރާކުނުގެ ކަރަންޓާއި، ފެނާއި ނަރުދަމާ ޚިދުމަތާއި ރަސްމީކޮށް ހަވާލުވުމަށް އެކުންފުނިން ހަވާލުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.

ދިދަ ނެންގެވުމުގެ ރަސްމިއްޔާތަށްފަހު މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަނީ، އެ ދެ ރަށުގެ އިންޖީނުގެއާއި އޮފީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އިންޖީނުގެ ހިންގުމާއި ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސްޓެލްކޯއިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ހއ.އަތޮޅުގެ އިތުރު ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާއި އެކުންފުނިން ހަވާލުވާނެ ކަމަށެވެ.

ސްޓެލްކޯއިން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީ އަދި އައްޑުއަތޮޅު ހުޅޫދޫއާއި މީދޫގެ ކަރަންޓުގެ ޚިދުމަތާއިވެސް އެކުންފުނިން ވަނީ ހަވާލުވެފައެވެ. މިއާއެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ސްޓްލްކޯއިން ޚިދުމަތް ދޭން ފަށާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރުމަކީ އެންމެ ބޮޑު އަމާޒު: އަލީ ޒަރީރުޚަބަރު | 18 ދުވަސް ކުރިންމުޅި ރާއްޖޭގެ ޔޫޓިލިޓީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސާވޭކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިޚަބަރު | 22 ދުވަސް ކުރިން މި މަހު އެކި ދުވަސްތަކުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިދާނެޚަބަރު | 3 މަސް ކުރިން