ލޮނުފެނުން އައިސް އުފައްދާ ނިޒާމު ދޯނިފަހަރުގައި ހަރުކުރުމުން މަސްވެރިން ތެލަށް ކުރާ ހަރަދު ކުޑަވާނެ: ޝިޔާމް
10 އޮކްޓޯބަރު 2026 - 12:58

މަސް ދޯނިފަހަރުގައި އާރް.އެސް.ޑަބްލިއު ސިސްޓަމް ހަރުކުރުމުގެ ސަބަބުން، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތުގެ އިތުރުން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސްދޯނިފަހަރުގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ފުޅާކުރުމަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ލޮނުފެނުން އައިސް އުފައްދާ މި ނިޒާމުގެ ސަބަބުން މަސްވެރިންނަށް އެމީހުންގެ އުޅަނދުގައި ތިބެގެން އައިސް ލިބޭނެގޮތް މަގު ފަހިވެ، އައިސް ހޯދުމަށް ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ހުއްޓުމަކަށް އައިސް، އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ސަބަބުން ތެލުގެ ހަރަދުން ބޮޑު އަދަދެއް ސަލާމަތް ކުރެވި، މަސްވެރިކަމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ގޮސްފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ޓެކްނޮލޮޖީ ތައާރަފުކުރިއިރު، ކުރީކޮޅު ބައެއް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ފިޝަރީޒް މިނިސްޓްރީން އެ މައްސަލަތައް ހައްލުކޮށް، ސިސްޓަމްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމުގެ ފައިދާއަކީ ހަމައެކަނި ހަރަދު ކުޑަވުން ނޫން ކަމަށާއި، މަސްވެރިންނަށް މަސްވެރިކަމުގައި ހޭދަކުރާ ވަގުތު އިތުރުވެ، ބާނާ މަސް ކިރުވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުވެ، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ.

-01.jpg&w=3840&q=75)
