logo
MPL

MPL

ކުޅިވަރު

ބިޓު ކަޓުވާލުމަށްފަހު، ކުރީގެ ވިނީ އެނބުރި އަންނަނީ

އަބްދުﷲ ޣާނިމް
12 އޮކްޓޯބަރު 2026 - 04:44
ބިޓު ކަޓުވާލުމަށްފަހު، ކުރީގެ ވިނީ އެނބުރި އަންނަނީ

ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއަރގެ ކުޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް ދަށްވެފައިވަނީ އޭނާގެ ލޯބިވެރިޔާއަށް ސަމާލުކަން ދޭންޖެހުމުން ކަމަށް ގިނަ ބަޔަކު ދެކެމުން އައި ދަނޑިވަޅެއްގައި، ދެމީހުންގެ ގުޅުން ނިމުމަކަށް އައުމާއެކު އޭނާ އަލުން ކުރީގެ ފޯމަށް ރުޖޫއަވާނެ ކަމުގެ އުންމީދު ސަޕޯޓަރުން ކުރަން ފަށައިފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުމުރުން 26 އަހަރުގެ ވިންގަރުގެ ފަރާތުން ފަހަކަށް އައިސް ފެންނަމުންދާ ދަށް ކުޅުމާމެދު ސަޕޯޓަރުންނާއި ފުޓްބޯޅަ މީޑިއާތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ވިނީޝިއަސްގެ ފޯމު ދަށްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި އަޑުތައް ފެތުރުނެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އޭނާގެ ދަތްދޮޅިއަށް ގެނައި ބަދަލުތަކާއެކު، ދަނޑުމަތީގައި މިހާރު ކުޅެމުންދަނީ އޭނާ ނޫން ކަމަށާއި އެއީ އޭނާގެ ބޮޑީ ޑަބަލްއެއް ކަމަށް ބުނެ ހަގީގަތާ ޚިލާފު ވާހަކަތަކެއްވެސް ސަޕޯޓަރުން ފެތުރިއެވެ. ނަމަވެސް މި ސީޒަނުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑާއެކު 2032 ގެ ނިޔަލަށް ބޮޑު ކޮންޓްރެކްޓެއްގައި ސޮއިކުރި ނަމަވެސް، އޭނާއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި ބްރެޒިލް ގައުމީ ޓީމާއެކު އިންޑިއާގައި ކުޅުނު އެކުވެރިކަމުގެ މެޗުގައިވެސް އޭނާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ފަހުން ވިޔަރެއާލްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި، ފޯމު ދަށްވުމުގެ ސަބަބުން ކޯޗު މޮރީނިއޯ ވަނީ ވިނީޝިއަސް ބެންޗުގައި ބައިންދާފައެވެ. އެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ލަނޑެއް ޖެހިނަމަވެސް ލަނޑު ޖެހުމުގައި ވިނީ އިނދިކޮޅު ކުޅުންތެރިއެއްގެ އިސްތަށިގަނޑުގައި ހިފާފައިވާކަމަށްބުނެ، ރެފްރީވަނީ ވިނީ އަށް ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ.. މި ރަތް ކާޑާއެކު މި މަހު ފަހުކޮޅު ކުޅުމަށް ހަމަޖެހިފައިވާ ވާދަވެރި އެލް ކްލެސިކޯ މެޗު ވިނީޝިއަސްއަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

މި ހާދިސާ ހިނގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ވިނީޝިއަސް އާއި އޭނާގެ ލޯބިވެރިޔާ ވާޖީނިއާ ފޮންސެކާގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ. ފޮންސެކާގެ ޕްރެސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދެމީހުންގެ ދެމެދުގައި އެއްވެސް ޒުވާބެއް ނުވަތަ މައްސަލައެއް ނެތް ކަމަށާއި، ގުޅުން އިތުރަށް ކުރިއަށް ނުދިއުމަށް ނިންމީ ދެފަރާތުގެ އެއްބަސްވުމާއެކު ކަމަށެވެ.

މިއީ މި ދެމީހުންގެ ގުޅުން ވަކިވި ދެވަނަ ފަހަރެވެ. މީގެ ކުރިން މެއި 2026 ގައި ވަކިވުމަށްފަހު، ޖޫން މަހު އަލުން ގުޅި، ސެޕްޓެމްބަރު މަހު އެންގޭޖްމަންޓް އަނގޮޓިވެސް ސޯޝަލް މީޑިއާގައި ވަނީ ދައްކާލާފައެވެ. ސަޕޯޓަރުން މިހާރު ގަބޫލުކުރަނީ އަމިއްލަ ދިރިއުޅުމުގެ ސަމާލުކަން ކެނޑި، ދެމީހުން ވަކިވުމާއެކު ވިނީޝިއަސް އަލުން ފުޓްބޯޅައަށް ފުރިހަމަ ސަމާލުކަންދީ ކުރީގެ މޮޅު ކުޅުން އަނބުރާ ގެންނާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިޓު ކަޓުވާލުމަށްފަހު، ކުރީގެ ވިނީ އެނބުރި އަންނަނީކުޅިވަރު | ގަޑިއިރެއް ކުރިންބެލަންޑޯއަށްފަހު ޓެން-ޓައިމްސް އަށް ވަރުޖީނާވެސް ދޯކާދީފިކުޅިވަރު | 5 މަސް ކުރިންވިނީސިއަސްއާއި ދިމާކުރި އާޖެންޓީނާގެ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑްކޮށްފިކުޅިވަރު | 6 މަސް ކުރިންވިނީސިއަސްއާއި ނަސްލީގޮތުން ދިމާކުރި އާޖެންޓީނާގެ ކުޅުންތެރިޔާ ޕްރެސްޓިއާނީ ސަސްޕެންޑްކޮށްފިކުޅިވަރު | 8 މަސް ކުރިން