logo
MPL

MPL

ކުޅިވަރު

އިސްތަށިގަނޑު ހިފައިގެން ވިނީ އެލް ކްލެސިކޯ އިން ސަސްޕެންޑްކޮށްފި

އަބްދުﷲ ޣާނިމް
14 އޮކްޓޯބަރު 2026 - 21:33
އިސްތަށިގަނޑު ހިފައިގެން ވިނީ އެލް ކްލެސިކޯ އިން ސަސްޕެންޑްކޮށްފި

ހޮނިހިރު ދުވަހުގެ ރޭ ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއުސް ޖޫނިއަރއަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް ކަނޑައަޅައިފިއެވެ. މި އަދަބާއެކު، ބާސެލޯނާއާ ދެކޮޅަށް ކުޅޭ މަޝްހޫރު 'އެލް ކްލެސިކޯ' މެޗުގައި އޭނާއަށް ނުކުޅެވޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

މި އަދަބު އޭނާއަށް ދިނީ ވިލިއަމް ސަލީބާގެ އިސްތަށިގަނޑުގައި ހިފުމުންނާއި، އެ ނިންމުމާ ދެކޮޅަށް ދެއްކި ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ. ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ބޯޅަ ނެތް ވަގުތެއްގައި ހިންގި އެ އަމަލަށް ދެ މެޗުގެ ސަސްޕެންޝަނެއް އަދި ރަތް ކާޑަށް ފަހު ވިނީގެ އަމަލުތައް ހުރިގޮތުން އިތުރު ދެ މެޗުގެ ސަސްޕެންޝަނެއް ދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަސްޕެންޝަންގެ ސަބަބުން ލަލީގާގައި ސެވިއްޔާ، ކޭމްޕް ނޯގައި ބާސެލޯނާ، ރޭސިންގ ސަންތަންދޭރު އަދި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުތައް ވިނީޝިއުސްއަށް ގެއްލޭނެއެވެ. އެހެންކަމުން، ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު ނޮވެމްބަރު 20 އިން 23 އަށް ސެލްޓާއާ ދެކޮޅަށް ކުޅޭ މެޗާ ހަމައަށް، އެއް މަހަށް ވުރެ ގިނަ ދުވަހު އޭނާއަށް ލީގުގައި ނުކުޅެވޭނެއެވެ. އެންމެ އަވަހަށްވެސް ދެން ރެއާލްގެ ޖޯޒީގައި ވިނީ ފެންނާނީ އަންނަ މަހުގެ 22 ގައެވެ.

ރެއާލް މެޑްރިޑުން ދެކޭގޮތުގައި މިއީ އިންސާފުވެރި ނޫން އަދި މާ ބޮޑު އަދަބެކެވެ. މިއީ ރެފްރީންނާއި ޑިސިޕްލިނަރީ ކޮމިޓީތައް ހިމެނޭހެން މުޅި ނިޒާމު އޮތް ގޮތް ހާމަކޮށްދޭ ނިންމުމެއް ކަމަށް އެ ކްލަބުން ގަބޫލުކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްތަށިގަނޑު ހިފައިގެން ވިނީ އެލް ކްލެސިކޯ އިން ސަސްޕެންޑްކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންބިޓު ކަޓުވާލުމަށްފަހު، ކުރީގެ ވިނީ އެނބުރި އަންނަނީކުޅިވަރު | 3 ދުވަސް ކުރިންބެލަންޑޯއަށްފަހު ޓެން-ޓައިމްސް އަށް ވަރުޖީނާވެސް ދޯކާދީފިކުޅިވަރު | 5 މަސް ކުރިންވިނީސިއަސްއާއި ދިމާކުރި އާޖެންޓީނާގެ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑްކޮށްފިކުޅިވަރު | 6 މަސް ކުރިން