logo
MPL

MPL

ޚަބަރު

މާލީ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ވޯލްޑް ބޭންކާއި އައިއެމްއެފްއިން ބަލައިގެންފި

އަޙުމަދު ރިޝާން
15 އޮކްޓޯބަރު 2026 - 14:01
 މާލީ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ވޯލްޑް ބޭންކާއި އައިއެމްއެފްއިން ބަލައިގެންފި

ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފް އަދި ވޯލްޑް ބޭންކުން ބަލައިގަނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ ތައިލޭންޑްގެ ބެންގްކޮކްގައި ކުރިއަށްދާ އެ ދެ އިދާރާގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއާ އެކު ބޭއްވެވި ވަކިވަކި ބައްދަލުވުންތަކުގައެވެ. ފިނޭންސް މިނިސްޓަރު ވަނީ ފުރަތަމަ އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މުޙައްމަދު މާއިތުއާ އަދި ދެން ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރ އަބްދުލްޢަޒީޒް އަލް މުއްލާއާ ބައްދަލުކުރައްވައި، މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއިން އަދާކުރަންޖެހޭ ދަރަނިތައް ޤަވާއިދުން ދައްކަމުންދާތީ، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން މައްޗަށް ޖައްސާފައެވެ. އެގޮތުން މިއަހަރުގެ އެޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކާއި އިންޑިއާއިން ނަގާފައިވާ ލޯނުތައް ދެއްކުން ފާހަގަކޮށް، ފިޗުން ވަނީ މިދިޔަ ޖޫން މަހު ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ" އަށް ބަދަލުކޮށްފައެވެ. އަދި މޫޑީސްއިން ވެސް ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ 1" އަށް މަތިކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ވޯލްޑް ބޭންކާއި އައިއެމްއެފްއިން ބަލައިގެންފިޚަބަރު | 2 ގަޑިއިރު ކުރިން ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ: ވަޒީރު މޫސާ ޒަމީރު ޚަބަރު | 6 މަސް ކުރިންބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: މާލީ ވަޒީރު ޚަބަރު | 9 މަސް ކުރިންރައީސް ކުރައްވާ މަސައްކަތުގެ ފޮނި މީރުކަން ދަނީ ފެންނަމުން: މާލީ ވަޒީރުޚަބަރު | 9 މަސް ކުރިން