logo
E-Platinum
ޚަބަރު

ދަރަނި މެނޭޖުކުރަން ކަނޑައެޅި އެޑްވައިޒިން ފާމުގެ އެއްބަސްވުން ބާތިލު ކުރެއްވުމަކީ ބުއްދުވެރި ފިޔަވަޅެއް- ރައީސް ނަޝީދު

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ
22 އޮކްޓޯބަރު 2024 - 14:56
 އެޑްވައިޒިން ފާމުގެ އެއްބަސްވުން  ބާތިލު ކުރެއްވުމަކީ އެޅުއްވި ބުއްދުވެރި ފިޔަވަޅެއް - ރައީސް ނަޝީދު
އެޑްވައިޒިން ފާމުގެ އެއްބަސްވުން ބާތިލު ކުރެއްވުމަކީ އެޅުއްވި ބުއްދުވެރި ފިޔަވަޅެއް - ރައީސް ނަޝީދު

ދަރަނި މެނޭޖުކުރަން ކަނޑައެޅި އެޑްވައިޒިން ފާމުގެ އެއްބަސްވުން ރައީސް ޑރ މުހައްމަދު މުއިއްޒު ބާތިލު ކުރެއްވުމަކީ އެޅުއްވި ބުއްދުވެރި ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެކްސްގައި އެކަން ހާމަކުރައްވާ ނިޝީދު ވިދާޅުވީ އެފަދަ އެޑުވައިޒަރުން އަޅުގަނޑުމެންގެ ޤައުމުން އިންތިހާޔަށް ނާޖައިޒް ފައިދާ ނަންގަވަމުން ގެންދަވާކަމަށެވެ. ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން ދިވެހި ސަރުކާރުން ކަނޑައެޅި އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސްއާ އެކު ކުރިއަށް ނުދާން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

undefined

ރައީސް ނަޝީދު ކުރެއްވި ޓްވީޓް -

 

ދިވެހި ސަރުކާރުން އެގޮތަށް ނިންމީ ރާއްޖޭގެ ދަރަނި މެނޭޖުކުރުން ނުވަތަ ދަރަނި ދެއްކުން ލަސްކުރުމާ ގުޅޭ ކަންކަމުގައި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ކުރެއްވި އެކިއެކި ދަތުރުފުޅުތަކުގައި ކުރިއެރުންތަކެއް ލިބިފައިވާތީއެވެ.

ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި މީރާ އާއި ފޮރިން މިނިސްޓްރީ ގުޅިގެން ދަރަނި މެނޭޖުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓަރީ ވަނީ ނިންމާފައެވެ. އެ ނިންމުން ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ރައީސްގެ ލަފާފުޅުގެ މަތިންނެވެ.

 

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގަ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 116 އިންސައްތައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | މަހެއް ކުރިންއުއްތަމަ ފަނޑިޔާރު ގުޅުއްވި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ނަޝީދު ޚަބަރު | 2 މަސް ކުރިންއެއް ބުރުން ވެރިއަކު ހޮވަން ނަޝީދު ތާއީދުޚަބަރު | 3 މަސް ކުރިންއެމެރިކާ ޕެރިސް އެގްރީމެންޓުން ވަކި ވުމުން އެކަމުގެ ނުރުހުން ނަޝީދު ފާޅުކުރައްވައިފިޚަބަރު | 6 މަސް ކުރިން