logo
MPL

MPL

ޚަބަރު

ރައީސް މުޢިއްޒު މި މަހު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަށްވާނެ، ސީދާ ދަތުރުތައް ފެށުމުގެ އެއްބަސްވުން ހިމެނޭ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޮކްޓޯބަރު 2026 - 10:05
 ރައީސް މުޢިއްޒު މި މަހު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަށްވާނެ، ސީދާ ދަތުރުތައް ފެށުން  ހިމެނޭ

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މި މަހުގެ 20 ވާ އަންގާރަ ދުވަހު ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި މަހުގެ 20 އިން 22 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށާއި، މި ދަތުރުފުޅުގައި ކެބިނެޓް ވަޒީރުން ހިމެނޭހެން ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން 12 އެއްބަސްވުމެއްގައްޔާއި ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ފެށުމުގެ އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، މޫސުމަށް އަންނަ ބަދަލުތައް، ފަތުރުވެރިކަން، މަދަނީ އުދުހުންތައް އަދި ދިފާޢީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ދެ ޤައުމުގެ މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމަށް ވެސް އަލިއަޅުވާލާނެއެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަލުން ދިރުވައި ހިންގުންތެރިކުރުމާއި، އދ. އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ އެންމެހައި ތައްޔާރީތައް މުރާޖަޢާކުރެއްވުމަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިސްޙާޤް ދާރު ވަނީ އިސްލާމްއާބާދުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްޙާޤް ދާރު ވިދާޅުވީ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތަށް ފައިދާހުރި ގޮތެއްގައި ގުޅުން ކުރިއެރުވުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒު މި މަހު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަށްވާނެ، ސީދާ ދަތުރުތައް ފެށުން ހިމެނޭޚަބަރު | 2 ގަޑިއިރު ކުރިން 30 ބިލިއަން ރުޕީސްގެ ސްވަޕް އަނބުރާ ދެއްކުން އިންޑިއާއިން ފަސްކޮށްދީފިޚަބަރު | 2 ދުވަސް ކުރިންއޮފީސްތަކުން ސާފު ދިވެހި ބަހުން މުޢާމަލާތް ނުކުރާނަމަ ފިޔަވަޅު އަޅާނަން :ޝާކިރުޚަބަރު | 2 ދުވަސް ކުރިންކާބޯތަކެތީގެ ރައްކާތެރިކަމަކީ އިޖުތިމާއީ ޒިންމާއެއް: ރައީސްޚަބަރު | 2 ދުވަސް ކުރިން