logo
MPL

MPL

ޚަބަރު

10 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ލީޑަރަކު ޕާކިސްތާނަށް: ރައީސްގެ ދަތުރުފުޅު މިމަހުގެ 20 ގައި!

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޮކްޓޯބަރު 2026 - 15:26
10 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ލީޑަރަކު ޕާކިސްތާނަށް: ރައީސްގެ ދަތުރުފުޅު މިމަހުގެ 20 ގައި!

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. މި ދަތުރުފުޅު ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، ޕާކިސްތާނުގެ ނޫސްތަކުން ވެސް މިކަން ވަނީ ރިޕޯޓްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިސްލާމްއާބާދަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ރަސްމީ ފެންވަރުގެ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ދެމެދުގައި ގާތްގަނޑަކަށް 12 އެއްބަސްވުމެއްގައާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނެއެވެ. މީގެއިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ފަތުރުވެރިކަމާއި ދިފާޢީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ. ހަމައެއާއެކު، ސާކްގެ ހަރަކާތްތައް އަލުން ދިރުވައި ހިންގުމާއި، އދ. އަދި އޯއައިސީ ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް ދެ ޤައުމުން ޚިޔާލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރުގެ ރިޔާސަތުގައި އިސްލާމްއާބާދުގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވަވާ، ދަތުރުފުޅުގެ އެޖެންޑާ މުރާޖަޢާ ކުރައްވާފައެވެ. އިސްޙާޤް ދާރު ވިދާޅުވީ، މިއީ ދެ ޤައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތަށް ފައިދާހުރި ބައިވެރިވުމެއް ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ލީޑަރަކު ޕާކިސްތާނަށް: ރައީސްގެ ދަތުރުފުޅު މިމަހުގެ 20 ގައި!ޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭގެ 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިން 30 ބިލިއަން ރުޕީސްގެ ސްވަޕް އަނބުރާ ދެއްކުން އިންޑިއާއިން ފަސްކޮށްދީފިޚަބަރު | 2 ދުވަސް ކުރިންއޮފީސްތަކުން ސާފު ދިވެހި ބަހުން މުޢާމަލާތް ނުކުރާނަމަ ފިޔަވަޅު އަޅާނަން :ޝާކިރުޚަބަރު | 2 ދުވަސް ކުރިން